ކުޅިވަރު

ކޭންގެ ފަރާތުން ގިނަ ލަނޑުތަކެއް ފެންނާކަމަށް އުންމީދުކުރަން: ކޮންޓޭ


އިނގިރޭސި ލީގުގައި ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭންގެ ފަރާތުން ގިނަ ލަނޑުތަކެއް ފެންނާނެކަމަށް އުންމީދުކުރާ ކަމަށް އެޓީމުގެ އޮންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭ މިހެން ބުނެފަވަނީ ރޭ ލީގުގައި ބެންފޯޑު މަށްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަދައްކަމުންނެވެ. ކޮންޓޭ ބުނީ ކޭންއަށް ލަނޑު ނުޖެހޭތީ އެއްގޮތަކަށްވެސް އޭނާ ކަންބޮޑު ނުވާކަމަށެވެ. އޭނާ ބުނި މިމެޗުގައި ވެސް ޓޮޓެންހަމްގެ ކެޕްޓަން ކޭންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަކަމަށާއި މެޗުގައި ކޭންގެ ލަނޑެއް ފެނިގެން ނުދިޔައީ އިދިކޮޅު ޓީމުގެ ކީޕަރު ވަރުގަދަވަމުން ކަމަށެވެ. މެޗުގައި އޭނާ އަށް ލިބުނު ހިތްހަމަޖެހުމަކީ އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ކޭންވެސް ލަނޑުޖަހަން މަސައްކަތް ކުރުން ކަމަށް ކޮންޓޭ ބުނިއެވެ. އެފަދަ ކުޅިންތެރިޔަކު ކުލަބުގައި ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެއީ މިއަދު ކުލަބުން އުފާކުރަންޖެހޭ ވަރުގެ ކަމެއްކަމަށް ކޮންޓޭ ބުންޏެވެ.

ކޭންއަށް ލަނޑު ނެޖެހުން މާބޮޑަށް އެކަމާދެ ކުޅުންތެރިޔާ ނުވިސްނާކަމަށް ކޮންޓޭ ބުންޏެވެ. ކޮންޓޭ ބުނީ އަބަދުވެސް ކުޅުންތެރިޔަކަށް މުހިންމު ވާނީ ކުލަބުކަމަށެވެ. އަދި ފުރަމަ ވިސްނުން އިސްކުރަންވާނީ ކުލަބާމެދު ކަމަށްވެސް ކޮންޓޭ ބުންޏެއެވެ. ރޭގެ ހޯދި މޮޅާއެކު ޓޮޓެންހަމް ވަނީ ހަތަރު ވަނައިގައިވާ ވެސްޓްހޭމްއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ.