މިދިޔަ އަހަރު ކުލަގަދަކޮށް އިޢުލާނުކުރި ތްރިލަރ ފިލްމު "ރޯޒީ:ދަ ސެފްރޯން ޗެޕްޓަރ" އަކީ އެކްޓަރ ވިވެކް އޮބެރޯއީ ޕްރޮޑިއުސްކޮށް ކުޅެންވެސް ނިންމާފައިވާ ފިލްމެކެވެ.
ވިވެކްގެ އިތުރުން ޓީވީ ތަރި ޝްވެތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީވެސް ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވަނީ މި ފިލްމުންނެވެ، މި ފިލްމަކީ ފައިސާގެ މައްސަލައެއްގައި ހައްޔަރުކޮށް ޖަލަށްލާފައިވާ ޕްރޮޑިއުސަރ ޕްރެރްނާ ވީ އަރޯރާ ޖަލުން މިނިވަންވުމަށްފަހު ވިވެކް އޮބްރޯއީ އާއި އެކު ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ދެމީހުން އެކުގައި މީގެކުރިންވެސް ވަނީ މަސައްކަތްކޮށްފައެވެ.
ފިލްމުގެ ދެ ޓީޒަރ އެއްވެސް ދާދި ފަހުން ވަނީ ދައްކާލާފައެވެ. އެއް ޓީޒަރގައި އެކްޓަރ އަރުބާޒްޚާން ފެނިގެންދެއެވެ.
އެހެންނަމަވެސް ފިލްމާއި ގުޅިގެން ގިނަ މައްސަލަތަކެއް މި ވަނީ ފެންމަތިވެފައެވެ. މީގެތެރެއިން އެއްކަމަކީ ފިލްމުގެ ޕްރޮޑިއުސަރުންގެ ލިސްޓުން ވިވެކް ވަކިވުމެވެ. ވިވެލްގެ މި ނިންމުމާއިއެކު އޭނާގެ ޕްރޮޑަކްޝަން ހައުސް އޮބެރޯއީ މެގަ އެންޓަރޓެއިންމެންޓްގެ ނަންވެސް މިހާރު ވަނީ ފިލްމުން އުނިކޮށްފައެވެ.
ޕްރޮޑިއުސަރުންގެ ލިސްޓުން ވިވެކް ވަކިވި އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގެ ސްކްރިޕްޓަށް ބަދަލު ގެނައުމާއި ބައެއް ކަރުދާހުގެ މަސައްކަތްތައް ނުނިމި ހުރުމެވެ. އަނެއްކޮޅުން އެކްޓަރ އަރްބާޒަށް ދޭންޖެހޭ ފައިސާތަކެއް ވެސް ނުދީ ހުރުން ވެގެން ގޮސްފައިވަނީ ބޮޑު މައްސަލައަކަށެވެ. އަރުބާޒަށް އެތިއެތި ކޮޅުން ފައިސާ ދިންނަމަވެސް އަދިވެސް އެތައް ފައިސާއެއް ވަނީ ނުދީއެވެ. މިކަމާއި ހެދި ފައިސާ ނުލިބެނީސް ޝޫޓިންތަކަށް ނުދާންވެސް އަރްބާޒްވެސް ވަނީ ނިންމާފައެވެ.
ރޯޒީގެ ރޯލުން ޕަލަކް ފެންނަ މި ފިލްމުގައި ދައްކަނީ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ އަންހެން ކުއްޖެއް ކުއްލިއަކަށް ވީނުވީއެއްނޭގި ގެއްލޭ ހާދިސާއެވެ. ޕަލަކް، ވިވެކް އަދި އަރްބާޒްގެ އިތުރުން ވިޝްވަޖީތް ޕްރަދަން ވެސް މި ފިލްމުން ފެނިގެންދާނެއެވެ.