މުނިފޫހިފިލުވުން

ކިޝޯރު ކުމާރުގެ ބަޔޯޕިކް ހަދާނީ އާއިލާއިން


ބޮލީވުޑްގެ ލެޖެންޑްރީ ޕްލޭބެކް ލަވަކިޔުންތެރިޔާ އަދި އެކްޓަރ ކިޝޯރު ކުމާރުގެ ބަޔޯޕިކެއް އުދައްދަން މަޝްހޫރު ޑައިރެކްޓަރުން ވަނީ މީގެކުރިން ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެތެރޭގައި މަޝްހޫރު ޑައިރެކްޓަރ ސޫޖިތް ސިރްކާރާއި އަނޫރާހު ބާސޫވެސް ހިމެނެއެވެ.

ކިޝޯރުގެ އުފަންދުވަހާއި ދިމާކޮށް އެނާގެ އާއިލާއިން މިހާރު މިވަނީ ކިޝޯރުގެ ހަޔާތުގެ ވާހަތަކަށް އުފައްދާ ބަޔޯޕިކް އުފެއްދުމުގެ މަސައްކަތް ފެށިކަން އިއުލާންކޮށްފައެވެ. މި ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާނީ ކިޝޯރުގެ ދެ ދަރިންކަމަށްވާ އަމިތާއި ސޫމީއެވެ. މި މަސައްކަތުގައި ކިޝޯރްގެ އަންހެނުން ލީނާ ޗަންދަރުވަކަރުވެސް ބައިވެރިވާނެކަމަށް އެ އާއިލާއިން ބުނެއެވެ.

ފިލްމުގެ ވާހަކަތައް އިއުލާންކުރަމުން އަމިތް ބުނީ ބައްޕަގެ ބަޔޯޕިކެއް އުފެއްދުމަކީ އޭނާ އަބަދުވެސް ބޭނުންވެފައި ހުރި ކަމެއްކަމަށެވެ. އަދި ބައްޕަގެ ކަންކަން އާއިލާއަށްވުރެ ބޮޑަށް އެގޭނެ އެހެން ބަޔަކު ނޫޅޭނެކަމަށްވެސް އަމިތު ވަނީ ބުނެފައެވެ. ފިލްމަށް ތައްޔާރުވުމުގެ ގޮތުން ބައްޕައާއި ބެހޭގޮތުން ޢާއިލާގެ މެމްބަރުންނާއި އިންޓަރވިއުކުރަން ފަށަން ތައްޔާރުވެފައިވާކަމަށްވެސް އަމިތު ބުނެއެވެ.

ބޮލީވުޑްގައު މުހައްމަދު ރަފީއަށް ފަހު އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރަކީ ހިންދީ ސިނަމާތަކުގައި އެންމެ ރީތިވި ގިނަ ލަވަތަކުގެ އަޑުގެ ވެރިޔާއެވެ. އެނާ ވަނީ އޭރުގެ ހުރިހާ މަޝްހޫރު ތަރިންނަށް ލަވަކިޔާދީފައެވެ. ޢޭގެތެރޭގައި ސުޕަރ ސްޓަރ ރަޖޭޝް ކަންނާ އާއި އަމިތާބުވެސް ހިމެނެއެވެ.