" ހައުސް އޮގް ގުޗީ " ގެ ކެރެކްޓަރސްތައް ފެންނަ ގޮތް ދައްކާލާ ފިލްމުގެ ފުރަތަމަ ޓެއިލަރ އާއްމުކޮށްފިއެވެ. މި ފިލްމު ޑައިރެކްޓްކޮށް ކޯ ޕްރޮޑިއުސްކުރަނީ ރިޑްލީ ސްކޮޓްއެވެ.
ފިލްމުގައި މަޝްހޫރު ލަވަކިޔުންތަރިޔާ ލޭޑީ ގާގާ ފެނިގެންދާނީ މައުރާޒިއޯ ގުޗީގެ ގެ ކުރީގެ އަންހެނުން ޕެޓްރިޒިއާގެ ރެގިއާނީގެ ރޯލުންނެވެ. މައުރާޒިއޯއަކީ ގުޗީ ބްރޭންޑްތަކުގެ ފައުންޑަރ ގުޗީގެ ކާފަ ދަރިފުޅެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލަރވެސް މިހާރު ވަނީ ދައްކާލާފައެވެ.
" ހައުސް އޮގް ގުޗީ" އަކީ ސާރާ ގޭ ފޯޑަންގެ ފޮތް " ހައުސް އޮގް ގުޗީ: އަ ސެންސޭޝަނަލް ސްޓޯރީ އޮފް މާޑަރ. މޭޑްނަސް، ގެލަމަރ އެންޑް ގްރީޑް" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ވާހަކައަކީ 1995 ވަނަ އަހަރު މައުރާޒިއޯ ގުޗީ މަރާލީ ހާދިސާގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. ކުރީގެ ފިރިމިހާ މައުރާޒިއޯ މަރާލަން އަމުރުކުރި ކުށް ސާބިތުވެ ޕެޓްރިޒިއާގެ ރެގިއާނީވަނީ 1998 އަހަރު ޖަލުގެ ހުކުމެއް އިއްވާފައެވެ. މި ހުކުމް ތަންފީޒުކޮށް ނިންމާ އޭނާ ޖަލުން މިނިވަންވީ 2014 ވަނަ އަހަރުއެވެ.
Father, Son, and #HouseOfGucci ?? only in theaters Nov 24 ❤️ pic.twitter.com/h7sG5PuQK5
— Lady Gaga (@ladygaga) July 30, 2021
" ހައުސް އޮގް ގުޗީ" ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 24 ވަނަދުވަހުއެވެ. ލޭދީ ގާގާގެ އިތުރުން ދެން މި ފިލުމުގައި މައުރާޒިއޯ ގުޗީގެ ރޯލުން ފެނިގެންދާނީ އެޑަމް ޑްރައިވަރއެވެ. ޖާރެޑް ލެޓޯ ފެނިގެންދާނީ ޕައުލޯ ގުޗީގެ ރޯލުންނެވެ ޖެރެމީ އަޔާން ފެނިގެންދާނީ ރޮޑޮލްފޯ ގުޗީގެ ރޯލުންނެވެ.