އިމާމް އަލް ބުހާރީގެ ސަހީހްތައް ފުރަތަމަ ފަހަރަށް އިންގިރޭސި ބަހަށް ތަރުޖަމާކުރެއްވި ޑރ. މުހައްމަދު މުހުސިން ޚާން އަވަހާރަވެއްޖެއެވެ. ޑރ. މުހިސިން ވަނީ ޤުރްއާންވެސް އިންގިރޭސި ބަހަށް ތަރުޖަމާކުރައްވާ ނެރުއްވާފައެވެ.
އަގްފާނިސްތާނަށް ނިސްބަތްވެޑައިގަންނަވާ ޑރ. މުހިސިން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1927 ވަނަ އަހަރުއެވެ. ދުވަސްވަރަކީ ދެކުނުގެ ޤައުމަތަކުން މުސްލިމުން ތައުލީމު ހާސިލުކުރުމުގައި ދަތި ދުވަސްވަރެއް ނަމަވެސް ޑރ. މުހުސިންވަނީ އަމިއްލަ ޤައުމުން އެމްބީބީއެސް ނިންމުމަށްފަހު އިނގިރޭސިވިލާތުން މެޑިކަލް ދާއިރާއިން މަތީ ތައުލީމު ހާސިކުރައްވާފައެވެ.
ސައޫދީ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ވެރިކަމުގައި ޑރ މުހުސިނާއި ފުރަތަމަ ހަވާލުކުރެއްވީ ތާއިފްގައި ގާއިމުކޮށްފައިވާ މިލިޓަރީ ހޮސްޕިޓަލްފެ ޑިރެކްޓަރުކަމެވެ. އެއަށްފަހު މަދީނާގެ އިސްލާމިކް ޔުނިވަސިޓީން 1961ގައި ހުޅުވުމުން ޑރ. މުހުސިންވަނީ އެތަނަށް ބަދަލުކުރައްވާފައެވެ.
ޝެއިހް ޔާސިރު ޤައިދީ ވިދާޅުވާ ގޮތުން އިސްލާމީ މުހިއްމު ލިޔުންތައް އިނގިރޭސި ބަހަށް ތަރުޖަމާކުރައްވަން ޑރ މުހުސިން ފެއްޓެވީ ފެނިވަޑައިގެން ހުވަފެނެއްގެ ސަބަބުންނެވެ. ހުވަފެނުން ނަބިއްޔާ ފެނިވަޑައިގެން އެވާހަކަތައް ޑރ މުހުސިން ފުރަތަމަ ދެއްކެވީ އެ ޔުނިވަސިޓީގެ ރެކްޓަރުގެ ގޮތުންގައި ހުންނެވި ޝެއިހް އާ އެވެ. ޝައިހްގެ ލަފަޔަކަށްވީ ނަބިއްޔާގެ ސުންނަތްތައް ފައިދާ މީހުނާއި ހަމައަށް ފޯރުކޮށްދިނުމެވެ.
އެހެންނަމަވެސް ޑރ މުހުސިންނަށް މިވާހަކަތައްވީ ހައިރާންކުރަނެވި ވާހަކަތަކަށެވެ. އެހެނީ ޑރ މުހުސިން ކިޔަވާ ވިދާޅުވެގެން ހުންނެވީ މެޑިސިންގެ ދައިރާއިންކަމަށް ވުމުންނެވެ. އެހެންނަމަވެސް އިނގިރޭސި ބަހަށް ފަރިތަ މިންވަރު ފަހުން އިހްސާސް ކުރެވި އިސްލާމް ދީނުގެ ވާހަކަތައް އެބަހުން ގެނެސްދިނުމަށް ޑރ މުހުސިން ނިންމެވިއެވެ.
އެއާއި އެކު މުހައްމަދު ތާގިއުއްދިން ބިން އަބްދުލްޤާދިރާއި އެކު ޤުރުއާން ިއންގިރޭސި ބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި ނޯބަލް ޤުރުއާންގެ ނަމުގައި ތަރުޖަމާ ނެރުއްވިއެވެ. އެއަށްފަހު އިމާމް އަލް ބުހާރީގެ ސަހީހްތައް އިނގިރޭސި ބަހަށް ތަރުޖަމާކުރައްވާ ނެރުއްވިއެވެ.
ޑރ. މުހައްމަދު މުހުސިން ޚާން އަވަހާރަވީ އުމުރުން 97 އަހަރުފުޅުގައެވެ. ކަށު ނަމާދު އޮތީ މަދީނާގެ ހުންނަ ކީރިތި ރަސޫލާ صلى الله عليه وسلم މިސްކިތްކޮޅު މަސްޖިދުއް ނަބަވީގައެވެ. ފަސްނާލު ވެޑުވީ ޖައްނަތުލް ބަޤީގައެވެ.
ޑރ. މުހައްމަދު މުހުސިން ޚާންގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ. އާމީން.
ޖާނޭ
އާމީން. މާތްﷲ މުޙައްމަދު މުޙުސިން ޚާން ރަހިމަހުﷲއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. ޢަޅަމެންނީ މިފަދަ މަތިވެރި ޚިދުމަތް ތަކެއް އުއްމަތަށް ދޫކުރާނެ ބަޔަކު ކަމުގައި ﷲ މިންވަރުކުރައްވާށި. ޢާމީން