42 ވަނަ ޤައުމީ
ބެޑްމިންޓަން މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޜަންގެ ޓީމް އިވެންޓުގެ
ޗެމްޕިއަންކަން އޮފް އެފްސީ ހޯދައިފިއެވެ.
އޮފްއެފްސީ ޗެމްޕިއަންކަން ހޯދީ ކްލަބް
އީގަލްސްއާވާދަކޮށް ތިން މެޗް ދެ މެޗުން
ޓީމް އިވެންޓްގެ މެޗްތަށް ކާމިޔާބުކޮށްގެންނެވެ.
ފޯރި ގަދަ ކުޅުމެށް
ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވަނީ ކުލަބް އީގަލްސްގެ މައިޝާ
ފަތުހުއްﷲއެވެ. ޓީމް އިވެންޓްގެ ފުރަތަމަ މެޗް މައިޝާ ކާމިޔާބުކޮށްފައިވަނީ އޮފްއެފްސީގެ
އައިޝަތު އަފްނާން ރަޝީދާ ވާދަކޮށް 2 ސެޓް 1 ސެޓުންނެވެ. މައިޝާ މިމެޗްގެ
ސެޓްތަސް ގެންގޮސްފައިވަނީ 21-16، 11-21 އަދި 21-19އިންނެވެ.
ޓީމްއިވެންޓްގެ 2ވަނަ
މެޗް ކާމިޔާބުކޮށްފައިވަނީ އޮފްއެފްސީގެ ޝިފާނާ ހުސެއިންއެވެ. ޝިފާނާ ހުސެން މިމެޗް
ކާމިޔާބުކޮށްފައިވަނީ ކުލަބް އީގަލްސްގެ އާސިމާ މުހައްމަދާ ވާދަކޮށް ސީދާ 2 ސެޓުންނެވެ. މިމެޗްގެ ސެޓްތަށް ޝިފާނާ ގެންދިޔައީ 21-8 އަދި 21-8 ންނެވެ.
ޓީމް އިވެންޓްގެ 3ވަނަ
މެޗް ކާމިޔާބުކޮށްފައިވަނީ އޮފްއެފްސީގެ އައިޝަތު އަފްނާން ރަޝީދާ ހައްވާ ސުހާގެ
ޕެއާރއެވެ. ޑަބަލްސްގެ މިމެޗް އަފްނާންއާ ސުހާގެ ޕެއާރ ކާމިޔާބުކޮށްފައިވަނީ
އީގަލްސްގެ ރާބިއާ ނައީމްއާ މައިޝާ ފަތުހުއްﷲއާ ވާދަކޮށް ސީދާ 2 ސެޓުންނެވެ.
މިމެޗްގެ ސެޓްތަށް އަފްނާންއާ ސުހާގެ ޕެއާރގެ ގެންދިޔައީ 21-15 އަދި
22-20ންނެވެ.
ޓީމް އިވެންޓްގެ 4ވަނަ
މެޗް ކާމިޔާބުކޮށްފައިވަނީ ކުލަބް އީގަލްސްގެ ރާބިއާ ނައީމްއެވެ. ރާބިއާ މިމެޗް
ކާމިޔާބުކޮށްފައިވަނީ އޮފްއެފްސީގެ އާމިނަތު އިރުފާއާ ވާދަކޮށް 2 ސެޓް 1 ސެޓުންނެވެ. މިމެޗްގެ ސެޓްތަށް ރާބިޔާ ގެންދިޔައީ 18-21، 21-14އަދި 21-11 އިންނެވެ.
ޗެމްޕިއަން ޓީމް ކަނޑައެޅި 5ވަނަ މެޗް ކާމިޔާބުކޮށްފައިވަނީ
އޮފްއެފްސީގެ ޝިފާނާ ހުސެއިންނާ ޝައްނަ މަހްރީންގެ ޕެއާއެވެ. ޝިފާނާއާއި ޝަންނަގެ ޕެއާރ މިމެޗް
ކާމިޔާބުކޮށްފައިވަނީ ކުލަބް އީގަލްސްގެ އާސިމާ މުހައްމަދާ ނާޒިމާ މުހައްމަދުގެ
ޕެއާރގެ މައްޗަށް ސީދާ 2 ސެޓުން ކުރި ހޯދައިގެންނެވެ. މިމެޗްގެ ސެޓްތަށް ޝިފާނާއާ
ޝަންނަ ގެންދިޔައީ 21-9 އަދި 21-11އިންނެވެ. ޓީމް އިވެންޓްގެ
މެޗްތަށް ނިމުނުއިރު އޮފްއެފްސީއަށް 11 ޕޮއިންޓް ލިބިފައިވާއިރު، ކުލަބް
އީގަލްސްއަށް ލިބިފައިވަނީ 9 ޕޮއިންޓެވެ.