މުނިފޫހިފިލުވުން

ސަންޖޭދަތާއި ޝާހު އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނަށް


ބޮލީވުޑް މަޝްހޫރު ދެ އެކްޓަރުން ކަމުގައިވާ ސަންޖޭ ދަތާއި ޝާހުރުކްޚާން އަކި ހިންދި ސިނަމާތަކުގައި ރަސްކަން ކުރަމުން އަންނަ ތަރިންނެވެ. ސުޕަރހިޓް އެތައް ފިލްމއް ދޫކޮށްލާފައިވާ މި ދެތަރިން އެކުގައި އެއް ފިލްމަކުން ދެކެން ބޭނުންވާ މީހުން މަދެއް ނުވާނެއެވެ. ޝާހާއި އެކު ސްކްރީނުން ނުފެނުނު ނަމަވެސް ސަންޖޭ ވަނީ ބޮލީވުޑްގައި މިހާރުވެސް އެންމެ އުހުގައި އުޅޭ ތަރިންކަމަށްވާ ސަލްމާން ހާން، އާމިރުހާން ފަދަ ތަރިންނާއިއެކު ފެނިފައެވެ.

ރަގަޅު ފޭން ބޭސްއެއްވެސް އޮންނަ މި ދެތަރިން އެކުގައި ސްކްރީނުން ފެންނަ އެދޭ ބަޔަކު ކުރަމުން އަންނަ އިންތިޒާރަށް މިވަނީ ނިމުމެއް އަންނަ ގާތްވެފައެވެ. އިންޑިއާގައި ވާހަކަ ދައްކާ ގިނަ ބަސްތަކަކުން ހަދާ ފިލްމު "ރާކީ" ސަންޖޭއާއި ޝާހު އެއްކޮށް ފެންނާނެކަން މިހާރު މިވަނީ ޔަޤީންވެފައެވެ. އަދި މި ފިލްމަށް ގިނަ ބަޔަކު މިހާރު މިވަނީ އިންތިޒާރުވެސް ކުރަން ފަށާފައެވެ.

"ރާކީ" މި ނަމަކީ ފިލްމަށް ވަގުތީ ގޮތުން ދީފައިވާނަމެއްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި ފިލްމުގެ ޝޫޓިންތައް މުމްބާއީގައި ފަށަން އެޓީމުން ތައްޔާރުވަމުން އައިނަމަވެސް އަދި ފިލްމާއި ބެހޭ މާބޮޑު ތަފްސީލުތަކެއް އާއްމެއް ނުކުރެއެވެ.

2012 ވަނަ އަހަރު ދެއްކި ފިލްމު "ރާވަން" ގެ ފަށާ ސީންގެ ކުޑަތަންކޮޅަކުންނާއި 2007 ވަނަ އަހަރު ދެއްކި "އޯމް ޝާންތީ އޯމް" ގައި ހިމެނޭ ގިނަ ތަރިންތަކެއް ފެނިގެންދާ ލަވައިން ސަންޖޭ އާއި ޝާހު އެކީގައި ފެނުނުކަމުގައިވިޔަސް ސްކްރީންގައި ދެ ތަރިން އެކުގައި މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ.

ފިލްމު 'ޕަޓާން' ގެ ޝޫޓިންތައް ޝާހު މިހާރު ފަށައިގެން އުޅޭއިރު ސަންޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކޭއެފްޖީ:ޗެޕްޓަރ 2" އަދި "ޝަމްޝޭރާ" ހިމެނެއެވެ.