ޚަބަރު

ރައީސް ޔާމީން، މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުުކުރަނީ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިއަދު ފުލުހުނަގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް، އަންގަވާފައިވާ ކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަދި އެމަނިކުފާނުގެ ކުރީގެ ނާއިބް ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ މިއަދު މެންދުރުފަހު 14:00އަށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގަވާފައިވާކަމަށެވެ. އެމަނިކުފާނު ހާޒިރު ކުރަނީ ކުރިންވެސް އެމަނިކުފާނު ބަޔާނުގައި ސޮއިކުރައްވާފައިވާފައިވާ މައްސަލައެއްގައިކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ވ.އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލަ ތަހުޤީގު ނިންމައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މިއަދު ރައީސް ޔާމީނު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވަނީ އާރަށާ ގުޅޭ މައްސަލާގައިކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާ ހަވާލާދީ ބައެއް މީޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.

ވ.ތިނަދޫ ކައިރީގައި އޮންނަ އާރަށް އަމިއްލަ ކުންފުންޏަކަށް ދީފައިވަނިކޮށް 2015ވަނަ އަހަރު އެރަށްވަނީ އެއަތޮޅު ފެލިދޫ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރުމަށް ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާވަނީ ފަހުން ހަވާލުކޮށްފައެވެ. އަދި އޭގެ ފަހުންވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާވެސްލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި މިމައްސަލައިގައި ހިމެނޭ ރަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުޤީގުގެ ތެރެއިންނެވެ.

އެއްމިލިޔަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި މިވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް 2019ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި އެޙުކުން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށެވެ. ދަށުކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު ރައީސް ޔާމިންގެ ފަރާތްޕުޅުން މިހާރުވަނީ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.