ށ.އަތޮޅު ކޯވިޑް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 214 ވަނަ މީހާއެވެ.
އެޗްޕީއޭއިން ވިދާޅުވީ ރޭ ފަތިހު 3:05 ހާއިރު ނިޔާވެފައިވަނީ ޢުމުރުން 59 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 214 އަށް އަރާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 195 ދިވެހިންނާއި 19 ބިދޭސީންނެވެ.
At 03:05 am (011/07/21) a 59-year-old Maldivian female admitted at Sh. Covid Management Facility has passed away
— Health Protection Agency (@HPA_MV) July 11, 2021
This is the 214th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven.
އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ބޮޑުވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މިހާރުވަނީ މަދުކުރެވިފައެވެ. އެގޮތުން މީގެކުރިން 200އިން މަތީގައި ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އައިނަމަވެސް މިބައްޔަށް މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 21 މީހަކަށެވެ. ބައްޔަށް ހުށައެޅޭ މީހުންގެ ޢަދަދުވެސްވަނީ ދަށްކުރެވިފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 90 މީހުންނެވެ.
ހަރުކަށި ފިޔަވަޅުތަކާއެކު ޢަދަދު ދަށްވުމުގެ ސަބަބުން މިހާރުވަނީ ފިޔަވަޅުތަކަށް ލުއިދީފައެވެ.