އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ދިލިޕް ކުމާރު މަރުވެއްޖެއެވެ.
ހަބަރުތައް ބުނާގޮތުންއުމުރުން 98 އަހަރުގައި ދިލިޕް ކުމާރް މަރުވެފައިވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8:00 ހާއިރުއެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ.
Dilip Kumar Ji will be remembered as a cinematic legend. He was blessed with unparalleled brilliance, due to which audiences across generations were enthralled. His passing away is a loss to our cultural world. Condolences to his family, friends and innumerable admirers. RIP.
— Narendra Modi (@narendramodi) July 7, 2021
Shared many moments with the legend...some very personal, some on stage. Yet, nothing really prepared me for his passing away. An institution, a timeless actor. Heartbroken.
— Ajay Devgn (@ajaydevgn) July 7, 2021
Deepest condolences to Sairaji??#DilipKumar pic.twitter.com/Il8qaMOOhf
— Lata Mangeshkar (@mangeshkarlata) July 7, 2021
Every now & then some individuals come along who single-handedly alter the present & write history... One such legend was Dilip saab for the world of cinema. pic.twitter.com/30LnjPTmZD
— Madhuri Dixit Nene (@MadhuriDixit) July 7, 2021
ދިލިޕް ކުމާރުގެ ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1955 ވަނަ އަހަރު ރިލީޒްކުރި "ދޭވްދާސް"، 1957 ވަނަ އަހަރު ރިލީޒްކުރި "ނަޔާ ދައުރު"، 1960 ވަނަ އަހަރު ރިލީޒްކުރި "މުގަލް އީ އާޒަމް"، 1961 ވަނަ އަހަރު ރިލީޒްކުރި "ގަންގާ ޖަމުނާ"، 1981 ވަނަ އަހަރު ރިލީޒްކުރި "ކްރާންޓީ" އަދި 1986 ވަނަ އަހަރު ރިލީޒްކުރި "ކަރްމާ" ހިމެނެއެވެ.
ދިލިޕް ކުމާރު އެންމެ ފަހުން ފެނިފައިވަނީ 1998 ވަނަ ފިލްމް "ގީލާ" އިންނެވެ. އޭނާއަށް ވަނީ 1994 ވަނަ އަހަރު "ދާދާސާހެބް ޕަލްކޭ އެވޯޑް" އަރުވާފައެވެ. އަދި 2015 ވަނަ އަހަރު "ޕަދްމާ ވިބޫޝަން" އެވޯޑްވެސް ދީފައެވެ