ޕޮޕް ލަވައިގެ ދުނިޔޭގައި ވިދާލީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރްޓްނީ ސްޕިއަރސް އަނެއްކާވެސް އެނބުރި އެކްޓިންގެ ދާއިރާއަށް ނިކުންނަ އުޅޭކަމަމުގެ ހަބަރުތައް ފެންމަތި ވެއްޖެއެވެ. މި ޚަބަރާއެކު ބްރީޓްނީގެ ފޭނުން ތިބޭނީ ވަރަށް އުފަލުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބްރިޓްނީގެ މިހާރުގެ ލޯބިވެރިޔާ އަދި އޭނާގެ ޕާރސަނަލް ޖިމް އިންސްޓްރަކްޓަރ ސޭމް އަސްގަރީ އަންނަނީ އަލުން ސްކްރީނަށް ނިކުތުމަށް ބްރިޓްނީއަށް ވަރަށްބޮޑަށް ހިތްވަރުދެމުންނެވެ. މިގޮތުން އެކްޓިނަށް ރަގަޅަށް ތައްޔާރުކުރުމަށް އެކްޓިން ކޯޗެއްވެސް ބްރިޓިނީއަށް ސޭމް މިހާރު ހަމަޖައްސާފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ބްރިޓްނީ އަބަދުވެސް އެކްޓިނަށް ޝައުޤުވެރިކަން ހުންނަކަމަށާއި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އަލުން ފިލްމުތައް ކުޅުމަށް ސޭމް ވަނީ ވަރަށް ބޮޑަށް އެހީތެރިވެދީފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ބްރިޓްނީގެ ޙަޔާތުގެ މައްޗަށް ފިލްމެއް އުފައްދާ އެ ދެމީހުން އެކުގައި ފިލްމުގައި މަސައްކަތް ކުރުމަށް ސޭމް ވަނީ ހިތްވަރުދީފައެވެ.
ބްރިޓްނީގެ ޙަޔާތުގެ މައްޗަށް މީގެކުރިން ހަދާފައިވާ ޑޮކިއުމެންޓްރީތަކާއި މެދު ބްރިޓްނީ ހިތްހަމަނުޖެހޭކަން އޭނާގެ އިންސްޓްގާރްމަގައި ދާދިފަހުން ވަނީ ހާމަކޮށްފައެވެ.
އުމުރުން 11 އަހަރުގައި ޑިޒްނީގެ މިކީ މައުސް ކްލަބް އިން އެކްޓިންގެ ދާއިރާއަށް ނިކުމެ އޭގެފަހުން 2002 ވަނަ އަހަރު ދެއްކި ޓީން ޑްރާމާ ރޯޑް ފިލްމު "ކޮރޮސްރޯޑްސް" އަދި އެމެރިކާގެ ސްޕައި އެކްޝަން ކޮމެޑީ ޑްރާމާ ސީރީޒްއަކުން ބްރިޓްނީ ވަނީ ފެނިފައެވެ. މީގެ އިތުރުން ޓީވީ ސީރިޒް "ގްލީ" އަދި "ހައު އައި މެޓް ޔުއަރ މަދަރ" އިންވެސް ބްރިޓްނީ ފެނިގެން ގޮސްފައިވެއެވެ.
ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ބްރިޓްނީއަށް ވަނީ ތަފާތު އެކި ކަހަލަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އޭނާގެ ފަރާތުން އަޚުލާގީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެ، މަސްތުގެ ދަލުގައި ވެސް ޖެހި ދުވަސްތަކެއް ވަންދެން ރިހެބްގައި ވެސް އުޅެން ޖެހުނެވެ.