ޚަބަރު

ހެޕީމާކެޓުން ހަދިޔާކުރި ފެން އެޗްއެމްއެފްއަށް ބަލައިގަތީ އެތަނުން ފެން ހުސްވެގެން ނޫން: އައިޖީއެމްއެޗް


ހެޕީ މާކެޓްގެ ފަރާތުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ހަދިޔާކުރި ފެން ބަލައިގެންފައިވަނީ އެފެސިލިޓީން މިނަރަލް ވޯޓަރ ހުސްވެގެން ނޫންކަމަށާއި އެތަނުން ބޯފެން ހުސްވިޔަ ނުދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީން ބޯފެން ހުސްވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ދޮގުކުރައްވައި އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ(އެޗް.އެމް.އެފް)އަކީ ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަކޮށް، އެ ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގަމުން އަންނަ ތަނެއްކަމަށެވެ.

އަދި އެޗް.އެމް.އެފް. ގައި ތިބޭ ބަލިމީހުންގެ ކެއިން ބުއިމުގެ ޚިދުމަތް ދެނީ ކޭޓަރިންގ އުޞޫލުން އަމިއްލަ ފަރާތަކާއި
ހަވާލުކޮށްގެންކަމަށާއި، ކެއުން އޮންނަ ހުރިހައި ވަގުތެއްގަ އާއި އެނޫން ވަގުތު ތަކުގައިވެސް އެތަނުން ބޯފެން (މިނަރަލް
ވޯޓަރ) ލިބެންހުންނާނެކަމަށެވެ.

ނަމަވެސް ބައެއް ބަލިމީހުންގެ ޢާއިލާގެ ފަރާތުން އިތުރަށްވެސް މިނަރަލް ވޯޓަރ ފޮނުވާކަމަށްވެސް އައިޖީއެމްއެއްޗުން ފާހަގަކުރެއެވެ. އަދ ދާދިފަހުން ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުންވެސް އެޗް.އެމް.އެފަށް ފެން ހަދިޔާކުރުމުން، ހަދިޔާކުރި މިނަރަލް ވޯޓަރ ފެސިލިޓީން ބަލައިގެންފައިވާ ކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

މިއާއެކު ހެޕީމާކެޓުން ހަދިޔާކުރި ފެނަކީ ފެސިލިޓީން މިނަރަލް ވޯޓަރ ހުސްވެ ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް އެއީ ޙަޤީޤަތެއް ނޫންކަމަށާއި، އެފަދަ މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ފެސިލިޓީއަކުން ބޯފެން ފަދަ އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން އައިޖީއެމްއެޗުންވަނީ ދީފައެވެ.

އަދި އެޗް.އެމް.އެފްއަށް ހެޕީ މާކެޓްގެ ފަރާތުން މިނަރަލް ވޯޓަރ ހަދިޔާކުރައްވާފައިވާތީ އެކަން ފާހަގަކޮށް އެހޮސްޕިޓަލުންވަނީ ޝުކުރު ދަންނަވާފައެވެ.

މުޙައްމަދު

މިފަދަ ޙާލަތެއްގައިވެސް ދޮގުވާހަކަ ފަތުރާ ނަފުރަތު އުފެއްދޭތޯ ދޯ ބަލަންވީ