މުނިފޫހިފިލުވުން

ސާޖިދުގެ ލޯބީގެ ފިލްމަކަށް ކާތިކް


"ޕިޔާރުކާ ޕުންޗަނާ" "ސޯނޫކީ ޓީޓޫކީ ސްވީޓީ" އަދި "ލަވް އާޖްކަލް" އިން ފެނިގެންދިޔަ ބޮލީވުޑްގެ ތަރި ކާތިކް ވަނީ ބޮލީވުޑްގެ ލޯބީގެ ފިލްމުތައް ބަލާ ފޭނުންތަކެއް ހޯދާފައެވެ.

ކާތިކާއި ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން "ހައުސްފުލް 4" "ޗިޗޯރޭ" އަދި "ރަންގޫން" ގެ ޕްރޮޑިއުސަރ ސާޖިދު ނަދިއާދްވާލާ އާއެކު ކާތިކް ލޯބީގެ އައު ފިލްމެއް ހެދުމުގެ ހުރިހާ މަސައްކަތެއްވަނީ މިހާރު ނިމިފައެވެ.

ސަމީރު ވިދުވާނީ ޑައިރެކްޓްކުރާނެ ކަމަށް އަޑުތައް އަރާފައިވާ މި ފިލްމާއި ބެހޭގޮތުން ޕްރޮޑިއުސާއި ކާތިކް ވާހަކަ ދައްކާތާ ދުވަސްކޮޅެއްވެފައިވާ ކަމަށާއި ފިލްމު މިހާރު ވަނީ ޕްރީ ޕްރޮޑަކްޝަން ގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ޤައުމީ އެވޯޑް ލިބިފައިވާ މަރާޓީ ފިލްމު ޑައިރެކްޓް ސަމީރު ހިންދީ ސިނަމާއަށް ތަޢާރަފްވާ ފުރަތަމަ ފިލްމަށް މި ފިލްމުވެގެންދާއިރު ފިލްމަށް ކިޔާނެ ނަމެއް އަދި ފައިނަލެއް ނުވެއެވެ. ފިލްމުގެ ލީޑް ރޯލުން ފެންނާނެ އަންހެން ބަޠަލާއަކުވެސް އަދި ނުނިންމާކަމުގައި ޚަބަރުތައް ބުނެއެވެ.

2011 ވަނަ އަހަރު ލޯބީގެ ފިލްމެއްކަމަށްވާ "ޕިޔާރުކާ ޕުންޗުނާމާ" އިން ފިލްމީ ކެރިއަރ ފެށި ކާތިކްއަކީ މިފަހަކަށް އައިސް ބެލުންތެރިންގެ މެދުގައި މަޤުބޫލު ތަރިއެކެވެ. ފިލްމު "ސޯނޫކި ޓީޓޫކީ ސްވީޓީ" ބޮޑަށް މަޝްހޫރުވެގެން ދިޔަ ކާތިކް ކުޅެފައިވާ އެހެން ފިލްމުތަކުގެ ތެރޭގައި "ލަވް އާޖްކަލް' ލުކާ ޗުޕީ" "ސިލްވެޓް" އަދި "ޕަތީ ޕަތްނީ އޯރް ވޯ" ހިމެނެއެވެ. "ދަމާކާ" އަދި "ބޫލް ބުލައްޔާ 2" އަކީ ކާތިކްގެ އަންނަންހުރި ފިލްމުތަކެވެ.

ކާތިކްއާއި ބެހޭގޮތުން އެންމެ ފަހުން އެންމެ ހޫނުކޮށް ދެކެވުނު ވާހަކަތަކަކީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމު "ދޯސްތާނާ 2" އިން ކާތިކް ވަކި ކުރި ވާހަކަތަކެވެ. ނަމަވެސް މި މައްސަލައިގައި ކާތިކް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.