މުނިފޫހިފިލުވުން

"ގަޖްނީ"ގައި އާސިންގެ ރޯލަށް ފުރަތަމަ ނެގީ ޕްރިޔަންކާ


ފިލްމުގެ ވާހަކައާއި މިޔުޒިކާއި ހުރިހާ ކަމެއް ރަގަޅުވެގެން ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބިފައިވާ ފިލްމު "ގަޖްނީ" އަކީ މިހާރުވެސް ގިނަ ބެލުންތެރިން ބަލާލާހިތްވާ ފިލްމެއްކަން ޔަޤީނެވެ. 2008 ވަނަ އަހަރު ދެއްކި މި ފިލްމުގައި ކަލްޕަނާގެ ރޯލުން ޓަމިލް ފިލްމު "ގަޖްނީ" ގެ ރޯލުންވެސް ފެނިގެންދިޔަ އާސިން ހިންދީ ސިނަމާއަށް ތަޢާރަފްވީ މި ފިލްމުންނެވެ.

ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން ކަލްޕަނާގެ ރޯލު ކުޅުވަން ފުރަތަމަ ބޭނުންވީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ލައްވައެވެ. މިހެން މިގޮތަށްނުވީ "ގަޖްނީ" ގެ އޮރިޖިނަލް ޓަމިލް ފިލްމުގައި އާސިން ދައްކާފައިވާ އެކްޓިނާއި މެދު ފިލްމުގެ ލީޑްތަރި އާމިރް ޚާން މާބޮޑަށްވެސް ގަޔާވެގެން އާސިން އަށް މި ރޯލްދޭން އާމިރު ބުނުމުންނެވެ. ފިލްމު ބަލާލުމުން އާސިން އަށްވުރެ ރަގަޅަށް މިބައި ކުޅެވޭނެ ތަރިއެއްވެސް ނުހުންނާނެކަން އެގިގެންދާނެއެވެ.

އޭރް މުރުގަދޯސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ އޮރިޖިނަލް ފިލްމަކީ ޓަމިލް ފިލްމު "ގަޖްނީ" އެވެ. ޓަމިލް ވާޝަން އިންސްޕަޔަރ ވެފައިވަނީ 2000 ވަނަ އަހަރު ނެރުނު އެމެރިކާގެ ފިލްމު "މެމެންޓޯ" އިންނެވެ.

ޙަޔާތުގައި ވެފައިވާ ފަހުގެ ކަންތައްތައް ހަނދާން ނެތިފައިވާ ވިޔަފާރިވެރިއެއްގެ ރޯލުން ފެނިގެންދިޔަ ސުޕަރ ސްޓާރ އާމިރު މި ފިލްމުގައި ދައްކާފައިވާ އެކްޓިނަށް އެތައް ބަޔަކު ތައުރީފުކުރިއެވެ. އާސިން މި ފިލްމުން ފެނިގެން ދިޔައީ އާމިރުގެ ލޯބިވެރިޔާގެ ރޯލުންނެވެ. ޖިއާޚާން އަދި ޕްރްދީޕް ރަވާތީވެސް ލީޑުން ފެނިގެންދިޔަ މި ފިލްމުގައި ސުނިލް ގްރޯވަރ، ޚާލިދު ސިއްދީޤީ އަދި ރިޔާޒް ޚާން ފެނިގެންދިޔައީ ސަޕޯޓިންގެ އެކްޓަރުންގެ ގޮތުގައެވެ. 2008 ވަނަ އަހަރުގެ ހަޔަސްޓް ގްރޮސިން ފިލްމަށް މި ފިލްމު ވެގެންދިޔައިރު މި ފިލްމަށްފަހު މި ލަޤަބު އަނެއްކާވެސް ލިބުނީ އާމިރު ލީޑް ރޯލުން ފެނިގެންދިޔަ 2009 ވަނަ އަހަރު ނެރުނު ފިލްމު 'ތްރީ އިޑިއަޓްސް' އެވެ.