 
										
			އޭދަފުށިން އިތުރު 13 މީހަކު ކޯވިޑް 19އަށް ޕޮޒިޓިވްވެ 49 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. 
ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 12 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުން ކަމަށާއި އަނެއްމީހާ އަކީ ހުމުގެ އަލާމްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއްކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ހުމުގެ އަލާމާތްތައް ހުރެގެން ދެއްކި މިމީހާ އާ ކޮންޓެކްޓް ވި ފަރާތްތައް ދެނެގަނެ މާދަމާ އެމީހުންގެ ސާމްޕަލް ނަގާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. 
ބ.އަތޮޅު ހޮސްޕިޓަލުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ހުކުރު ދުވަހުގެ މެންދަމު ބާރައިން ހޮނިހިރު ދުވަހުގެ މެންދަމު 12 އަށް 62 ސާމްޕަލްއެއް ވަނީ ނަގާފައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފަންސާސް ދެމީހެއްގެ ސާމްޕަލް އާއި ފުލޫކްލިނިކަށް ދެއްކި 3 މީހަކާ ރެންޑަމް 2 ސާމްޕަލްއެވެ. 
އޭދަފުށިން މިރޭ ޕޮޒިޓިވްވި ތޭރަ މީހުންނާއެކު އެރަށުގައި މިވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 90 އެވެ. ކޯވިޑް ބަލި އެރަށުގައި ފެތުރެން ފެށިފަހުން 187 މީހަކަށް މިބަލިވަނީ ޖެހިފައެވެ. މީގެތެރެއިން 97 މީހަކުވަނީ ބަލިން ރަނގަޅުވުމުން ދޫކޮށްލާފައެވެ. 
އޭދަފުށީގައި ކޯވިޑްގެ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހުކުރު ދުވަހުން ފެށިގެން ހަވީރު ހަތަރަކުން މެންދަމު ހަތަރެއް ޖެހުމާހަމައަށް ވަނީ ކަރފިއު އިޢުލާންކޮށްފައެވެ.