 
										
			މިވަގުތު ރާއްޖެ މިއޮތީ ކޯވިޑް-19ގެ 4ވަނަ ރާޅުގެ ތެރޭގައިކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯއީ)އިން ވިދާޅުވެއްޖެއެވެ. އެސެންޓަރުގެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އެއް ދުވަހުން އަނެއްދުވަހަށް އަންނަނީ ގޯސްވަމުންނެވެ. 
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ރާއްޖެ މިވަގުތު އޮތީ ކޯވިޑް-19ގެ އާ ރާޅެއްގެ ނުރައްކަލުގެ ތެރޭގައިކަމަށާ ކޮންމެދުވަހަކު ރެކޯޓް ޢަދަދަކަށް މީހުން ޕޮޒިޓިވްވަމުން އަންނައިރު ބަލީގެ ސަބަބުން ނުރައްކާތެރި ޙާލަތަށް ދާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ޑރ. މުޙައްމަދު އަލީ ވިދާޅުވީ  ބަލި މީހުންގެ ހާލަތަށް ބަލާއިރު އާ ވޭރިއެންޓެއް އުޅުމުގެ ފުރުޞަތު ބޮޑުކަމަށެވެ. މިގޮތުން އާވޭރިއަންޓެއް އުޅުކަމުގައި ވީނަމަވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ.