ކުޅިވަރު

އުރީދޫ ދިވެހި ޕްރިމިއަރ ލީގު މާދަމާ އަލުން ފަށަނީ


ވަރލްޑްކަޕް ކޮލިފައިންގ މެޗަށްފަހު އުރީދޫ ދިވެހި ޕްރިމިއަރ ލީގު މާދަމާ އަލުން ފަށަން ނިންމައިފިއެވެ. 

މިމަހުގެ 3 ވަނަ ދުވަހު ލީގު މެދުކަނޑާލީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު
އިއުލާން ކުރުމުންނެވެ. މިނިސްޓްރީން ލީގު ކުރިއަށް ގެންދަން އެދުނު ނަމަވެސް އޭރު
އަލުން ލީގު ނުފެށީ ވަރލްޑްކަޕް ކޮލިފައިންގ މެޗު ކުރިއަށް އޮތުމުންނެވެ. ތާވަލްގައިވާ
ގޮތުން ކޮލިފައިންގެ ކުރިން ނުކުޅެވި އޮތީ ދެ މެޗެވެ. މާދަމާއާއި މާދަމާރޭ އެ ދެމެޗު
ކުޅޭނެއެވެ. 

ބާރަ ދުވަހުގެ މެދުކެނޑުމަކަށްފަހު މާދަމާ އުރީދޫ ދިވެހި ޕްރިމިއަރ ލީގު ފަށާއިރު، މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ މާޒިޔާ
ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ވިކްޓަރީ ސްޕޯޓްސް ކުލަބްއެވެ. އަދި މާދަމާ ރޭ ކުޅޭ
މެޗުގައި ވާދަކުރާނީ ކުލަބް އީގަލްސްއާއި ބީޖީ ސްޕޯޓްސް ކުލަބްއެވެ.

 އަންނަ ބުރާސްފަތި
ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް
ކުލަބާއިކުލަބް ވެލެންސިއާއެވެ. އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި
ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސްއެވެ. ލީގު ނިމޭނީ އަންނަ
މަހުގެ ދެވަނަ ދުވަހުއެވެ. ފަހު މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް
ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބްއެވެ. ލީގަށްފަހު ސާފް ސުޒުކީ ކަޕަށް ގައުމީ ޓީމްގެ
ފަރިތަކުރުންތަށް ފަށާނެއެވެ.