ކަރަންޓީނުގަ ނެތްމީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ދިއްދޫން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ރޭގެ ވަގުތެއްގައި އެރަށުގަ ހުރި ފުލޫ ކްލިނިކަށް ދެއްކި މީހެއްކަމަށް ހއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. މިމީހާގެ ނަތީޖާ ލިބިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި ފްލޫ ކްލިނިކަށް ދެއްކި ފަހުން އޭނާ ހުރީ ކަރަންޓީނު ކޮށްފައި ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވާ މީހާ އަކީ ގިނަ މީހުންނާއި ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވީމީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.