 
					
									
			ބ.އޭދަފުށިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 100އިން މައްޗަށް ހިނގައްޖެއެވެ. 
އެރަށުގައި މިބަލި ފެތުރެން ފެށިތާ 9 ދުވަސް ވެފައިވާއިރު، އާދީއްތަ ދުވަހުގެ މެންދަމު ބާރައިން ހޯމަދުވަހުގެ ރޭގެ ބާރައަށް އިތުރު 10 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިހާރު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 109އަށް ވަނީ އަރާފައެވެ. 
މިރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައިވެސް ގިނައީ މީގެކުރިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ސީދާދިމާވި މީހުންކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. 
ބ.އަތޮޅު ހޮސްޕިޓަލުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް އޭދަފުށީ ކްލަސްޓަރއާ ގުޅިގެން 862 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރޭގައި ނަތީޖާ ނުލިބޭ 40 ސާމްޕަލެއް އެބަހުއްޓެވެ. މިހާތަނަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 716 މީހަކުވަނީ ނެގެޓިވްވެފައެވެ.