މުނިފޫހިފިލުވުން

މި ޕޯސްޓަރުން ސަލްމާނު ވަކިކުރަން އެގޭތަ؟


ސުޕަރ ސްޓާރ ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމު 'ރާދޭ ޔުއަރ މޯސްޓް ވޯންޓެޑް ބާއީ' ގެ ޓްރެއިލަރ މީގެ ކުޑަދުވަސްކޮޅެއް ކުރިން ދައްކަން ފެށުމާއެކު ޢާންމުންގެ ތަރުޙީބު އަންނަނީ ވަރަށްބޮޑަށް ލިބެމުންނެވެ. މިއާއެކު މިހާރު ޕްރޮޑިއުސަރުން ތައްޔާރުވެފައިވަނީ ފިލްމުގެ ފުރަތަމަ ލަވަ "ސީޓި މާރު" މިއަދު ދޫކޮށްލުމަށެވެ.

ބެލުންތެރިންގެ ޝައުގު އުފައްދާލުމަށް އިއްޔެ ވަނީ ލަވައިގެ އައު ޕޯސްޓަރުވެސް ދައްކާލާފައެވެ. ޕޯސްޓަރުގައި ފެނިގެންދަނީ ސަލްމާން ޓީޝާޓަކުން އޭނާގެ މޫން ނިވާކޮށްގެން ހުއްޓައެވެ. ފިލްމުގެ ލީޑުން ފެނިގެންދާ ބަޠަލާ ދިޝާ ޕަޓްނީ ލަވައިގައި ފެނިގެންދާނެގޮތްވެސް އޭގެ ކުރީ ދުވަހު ވަނީ ދައްކާލާފައެވެ.

"ރާދޭ" ގެ ފުރަތަމަ ލަވަ އާއްމުންނަށް ދޫކޮށްލާއިރު މިލަވައިގެ އަޑުގެ އަޑުގެވެރިންނަކީ ކަމާލް ޙާން އަދި ލޫލިއާ ވަންތޫރުއެވެ. ޝައްބީރު އަހުމަދުގެ މި ލިރިކްސް ހިމެނޭ މިލަވައިގެ މިއުޒިކް ކޮމްޕޯސަރަކީ ދޭވީ ސްރީ ޕްރްސާދްއެވެ. ލަވައިގެ ކޮރިއޮގްރާފަކީ ޝައިކް ޖާނީ ބާޝާ އެވެ.

އަންނަ ފިތުރު އީދުގައި ސިނަމާތަކަށް ނެރެން ތައްޔާރުވަމުންދާ ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އަކީ އޭނާ މީގެ 10 އަހަރު ކުރިން ކުޅުނު ފިލްމު "ވޯންޓެޑް" ގެ ސީކްއެލްއެއް ކަމަށް ބުނާ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ސަލްމާން މިވާހަކަތައް ދޮގުކުރެއެވެ. އެހެންނަމަވެސް ފިލްމްގެ ފުރަތަމަ ޓެރެއިލަރ ބަލާލުމުން އައު ވަނީ "ވޯންޓެޑް" ގެ ހަނދާންތަކެވެ. އެ ފިލްމުން ފެނުނު ބައެއް ތަރިން މި ފިލްމުންވެސް ފެނިގެންދާއިރު ޓްރެއިލަރ އިން ފެންނަ ގޮތުން މި ފިލްމުގައިވެސް ސަލްމާން ފެންނަނީ "ވޯންޓެޑް" ގައި އަދާކުރި ފަދަ އަންޑަރ ކަވަރ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ.

"ދަބަންގް 3" ވެސް ޑައިރެކްޓްކުރި ޕްރަބޫދޭވާ 2009 ގައި ގެނެސްދިން "ވޯންޓެޑް" ގައި ސަލްމާން ކުޅުނީ ރާދޭ ކިޔާ ފުލުހެއްގެ ރޯލެވެ. އަދި "ރާދޭ" ގައި ވެސް އޭނާ ކުޅޭނީ ހަމަ އެ ނަން ކިޔާ ފުލުހެއްގެ ރޯލެވެ. ރާދޭ އަކީ ސަލްމާނަށް އެންމެ ފުރަތަމަ 2003 ގައި ނެރުނު ފިލްމު "ތެރޭ ނާމް" ގައި ކިޔާ ނަމެވެ. "ރާދޭ" ވެސް ޑައިރެކްޓްކުރަނީ ޕްރަބޫދޭވާ އެވެ.

ރާދޭ" އަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން އުޅުނު "އިންޝާﷲ" ދޫކޮށްލުމަށް ފަހު، ސަލްމާން މިއަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމި ފިލްމެވެ.