 
										
			ކޯވިޑް 19 އޭދަފުށިން ކޯވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ސަތޭކައާ ގާތަަށް ޖެހިލައިފިއެވެ. 
ބ.އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރޭ މެންދަމު 12 އިން ފެށިގެން މިރޭގެ 12 ޖެހުމާހަމައަށް އެރަށުން  49  މީހަކު ކޯވިޑް 19އަށް ވަނީ  ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވީ 99މީހުންނެވެ
ޕޮޒިޓިވްވި 49  މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވިކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުންކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. 
ޕޮޒިޓީވްވާ މީހުންނާ ކޮންޓެކްޓް ވި މީހުން ދެނެގަނެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިއަދުވެސް 200 ވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. 
ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ބ.އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. 
މިބަލި ފެތުރޭ މިންވަރު ކުޑަކުރުމަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.