މުނިފޫހިފިލުވުން

އަމީތާބުގެ ތަޢުރީފް ފިލްމް 'ގާލާ' އަށް


އަންވިތާ ދައްތާ ޑައިރެކްޓް ކޮށްފައިވާ ނެޓްފްލިކްސް ފިލްމް ގާލާގެ ޓްރެއިލަރ އަށް އަމީތާބް ބަޗަން ތަޢުރީފް ކޮށްފިއެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މަޝްހޫރު އެކްޓަރ އިރުފާން ޙާންގެ ދަރިފުޅު ބާބިލް ޚާނެވެ. މިއީ އަނުޝްކާ ޝަރުމާއާއި އެނާގެ ބޭބެ ކާނޭޝް ޝަރުމާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މީގެ އިތުރުން ތްރިޕްތީ ދިމްރީ އާއި ސުވާސްތިކާ މުކަރްޖީ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

އަމީތާބު ވަނީ ބާބިލްގެ ބައްޕަ އިރުފާނު ޚާނާއެކު ފިލްމު 'ޕީކޫ' ގައިވެސް މަސައްކަތްކޮށްފައެވެ. އަމީތާބު ބުނީ ފިލްމުގެ ޓްރެއިލަރ ފެނިގެންދަނީ ތަފާތު ގޮތަކަށެވެ. ބާބިލުވެސް ވަނީ ފިލްމުގެ ޓްރެއިލަރ ސޯޝަލް މީޑިއާގައި ޙިއްޞާކޮށްފައެވެ.

އަމީތާބު ބަޗަންގެ އަންނަން ހުރި ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ ޑައިރްކްޓް ހައުސް އިން އުފައްދާ "މޭ ޑޭ" ، ނަގްރާޖް މަންޖޫލުގެ ކުޅިވަރު ބަޔޯޕިކް "ޖޭހުންދު" ، އިމްރާން ހާޝްމީއާއެކު ކުޅޭ "ޗެހެރާ' ، އަޔާން މުކަރްޖީގެ އެކްޝަން ފިލްމް "ބްރާމަސްތްރާ" އަދި ރަޝްމިކާ މަންޑަނާއާއިއެކު ކުޅޭ "ގުޑް ބާއި" ހިމެނެއެވެ. މީގެ އިތުރުން ދީޕިކާ ޕަޑްކޯނާއެކު "އިންޑިއަން އެޑެޕްޓޭޝަން އޮފް ދަ އިންޓާރން" ގައިވެސް އަމީތާބު ފެނިގެން ދާނެއެވެ.