ރ.އަތޮޅުގެ 15 ރަށުގައި 41 ޕްރޮޖެކްޓް ޔޫތް މިނިސްޓްރީން ހިންގާފައިވާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރަށްވެހި ފަތިސް ކެންޕޭންގައި ރ.އަތޮޅުގެ މަޝްރޫއުތަކާއި ބެހޭގޮތުން ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ 15 ރަށުގައި 41 ޕްރޮޖެކްޓް ހިންގާފައިވަނީ ޕީއެސްއައިޕީ އާއި ޕީއެސްއައިޕީގެ ބޭރުންކަމަށެވެ. އަދި މިއީ ޔޫތް މިނިސްޓްރީއިން އެވްރެޖްކޮށް ކޮންމެ ރަށަކަށް ތިން ޕްރޮޖެކްޓްކަމަށްވެސް އަހުމަދު މަހުލޫފް ވިދާޅުވިއެވެ. ރަށްވެހި ފަތިސް ކެންޕޭންގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ރ.އަތޮޅުގެ 15 ރަށުގެ ތެރެއިން ކޮންމެ ރަށެއް ކަހަލަގޮތަކަށް އައުޓްޑޯ ޖިމާއި ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ބައެއް ރަށްރަށުގައި މިހާރު އައުޓްޑޯ ޖިމާއި ކުޑަކުދިންގެ ޕާކުތައް ނިމިފައިވާއިރު، އަތޮޅުގައި ހަދަމުންދާ ގިނަ ފުޓްސެލް ދަނޑާއި ފުޓްބޯޅަ ދަނޑުތަކުގެ 85 ޕަސެޓް މަސައްކަތް ނިމިފައިވާކަމަށް މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ދުވާފަރުގެ އިންޑޯ ސްޕޯޓްސް ކޮންޕްލެކްސް ހެދުމަށް މިއަހަރުގެ މެދުތެރޭގައި އިޢުލާން ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އުގޫފާރުގައި ބެޑްމިންޓަން 2 ކޯޓް އެޅުމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީގައި މަސައްކަތް ކުރަމުންދަކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. އަދި ރ.ރަސްމާދޫގައި ސާފް ޓެރެކެއް ހެދުމަށް ވީއެންމެ އަވަހަކަށް އިޢުލާން ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.