ރާއްޖެއިން އިތުރު 125 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 17،900އިން މައްޗަށް އަރާފައެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 104 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 14 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 6 މިހުންނާއި އިންޑަސްތްރިއަލް ރަށަކުން މީހެކެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 17،953އަށް އަރާފައެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ރާއްޖެއިން 112 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 15،560 އަށް އަރާފައެވެ.
މިވަގުތު ކޯވިޑްގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުން އަންނަނީ 2،328 މީހުންނަށެވެ. އޭގެ ތެރެއިން 190 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،889 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް މިބަލި ދެނެގަތުމަށް ޖުމްލަ 466،545 ސާމްޕަލް ރާއްޖޭގައި ވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 58 މީހުން ނިޔާވެފައެވެ. އެއީ 50 ދިވެހިންނާއި، 8 ބިދޭސީންނެވެ.