ޚަބަރު

އަދިވެސް މާޅޮހުން ފެން ނުހިނދޭ


ރާއްޖޭގެ އުތުރުގެ އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވި ބ.މާޅޮހުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު އަދިވެސް ނުހިކޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާޅޮހުގެ މަގުތަކުން ފެން ހިއްކުމަށް މޫދަށް ފެން ބޭރުކުރުމަށް މިހާރު ކޯރު ކަނޑާފައިވާކަމަށެވެ. ފެން ނުހިކި ލަސްވަނީ ބޯކޮށް ވާރޭ ވެހޭތީކަމަށެވެ.

ރޭ މެންދަމު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާޅޮހުގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވެއެވެ. ފެންހިއްކުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނުއެވެ. މިރަށުގައި ފެންހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފާއެކު ބ.އަތޮޅު ކައުންސިލުގެ މުވައްޒަފުންނާ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ މާޅޮހު ކައުންސިލާ ރައްޔިތުން ގުޅިގެންނެވެ.

ހއ.އިން ފެށިގެން ވ.އަތޮޅާހަމައަށް ނެރެފައިވާ ވައިޓް އެލާޓް، މެޓުން އޮފީހުންވަނީ މިރޭގެ 21:00އަށް އިތުރުކޮށްފައެވެ.