ޚަބަރު

ބޭރުގެ އާގުބޯޓެއްގައި އޮތް ބަލި މީހަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި


ބޭރުގެ އާގު ބޯޓެއްގައި އޮތް ބަލި މީހަކު ލ.ގަމަށް ގެންގޮސް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ތުރުކީން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޭރުގެ އާގު ބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ. ގަމަށް ގެންގޮސްދީފައިވާކަމަށެވެ.

"މޭސޯރާ" ނަމަކަށް ކިޔާ އެ ކާގޯ ބޯޓްގައި ހުރި އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއްގެ ބޮލަށް ގެއްލުން ލިބިގެން ސިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ ހަވީރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި މިކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމާބޭހެ އިދާރާތަކުގެ ހުއްދައާއެކު ބޯޓް މިއަދު ލ. ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް، ކައިރި ކުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލިމީހާ ވަނީ މިއަދު ހެނދުނު 8:30 ހާއިރު ވަނީ ލ.ގަމަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެއްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވިއެވެ.