ކުޅިވަރު

ޔުނައިޓެޑު ފަހަތުން އަރައި ސައުތުހެމްޓަން އަތުން މޮޅުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގްގައި ފަހަތުން އަރައި މެންޗެސްޓަރ ޔުނައިޓެޑުން 3-2 ލަނޑުން ސައުތުހެމްޓަން ބަލިކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފި އުޅެނިކޮށް ސައުތެމްޓަނުން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ސައުތުހެމްޓަނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޔަން ބެޑްނަރެކްއެވެ. ސައުތެމްޓަނަށް ފުރަތަމަ ހާފުގައި ދެވަނަ ލަނޑުޖަހާ ލީޑެއް ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ވާޑް-ޕްރައުސްއެވެ.

ދެ ވަނަ ހާފުގައި ޔުނައިޓެޑުން ފެށީ އަނިޔާގެ ސަބަބުން ޑެހެއާގެ ބަދަލުގައި ޑީން ހެންޑަސަން އަދި ގްރީންވުޑްގެ ބަދަލުގައި ކަވާނީ ކުޅެން އަރުވައިގެންނެވެ. ބަދަލަކާއެކު ޔުނައިޓެޑްގެ ކުޅުން ރަނގަޅުކޮށް ފެނާންޑޭސްގެ ލަނޑުން ލީޑު ކުޑަކުރިއިރު ޔުނައިޓެޑްގެ ފަހު ދެ ލަނޑު ވެސް ކާމިޔާބުކޮށް ދިނީ އެންޑެސަން ކަވާނީއެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ ކަވާނީ ކާމިޔާބުކޮށްދިން ތިން ވަނަ ލަނޑެވެ. ލީގުގައި އެންމެފަހުން ރަށުންބެރުގައި ޔުނައިޓެޑު ކުޅުނު 8 މެޗުވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ލީގުގައި ފުރަތަމަ ފަހަރަށް ރަށުން ބޭރުގައި ވިދިވިދިގެން ހަތަރު މެޗު ކާމިޔާބުކޮށް ޔުނައިޓެޑުން ރެކޯޑްއެއް ހަދާފައެވެ.

10 މެޗުން 17 ޕޮއިންޓް ހޯދައިގެން ސައުތެމްޓަން އޮތީ ތާވަލުގެ 5 ވަނައިގައެވެ. ޔުނައިޓެޑުން ހޯދި މުހިއްމު މޮޅާއެކު އެޓީމު މިހާރު ވަނީ 9 މެޗުން ހޯދި 16 ޕޮއިންޓާ އެކު ތާވަލުގެ 7 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. ޔުނައިޓެޑުން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު 3 މެޗުން ވެސް މޮޅުވެފައެވެ.