ޚަބަރު

މީޑިޔާ ކައުންސިލް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު


މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާ ޖަމާލުއްދީނުގައި ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ. ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދާނީ އެއް ގަޑިއިރަށްކަމަށެވެ. މިގޮތުން ވޯޓުލުން ކުރިޔަށްދާނީ އަންނަ ހޮނިހިރު ދުވަހު މެންދުރުކުރި 11:00 - 12:00 އަށެވެ.

އެމްއެމްސީ އިންތިޚާބުގައި ވޯޓްލެވޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓްްރީކޮށްފައިވާ ރޭޑިއޯ ޓީވީ ޗެނަލްތަކަށެވެ. އިންތިޚާބުގެ ވޯޓުލެވޭ ވަގުތީ ލިސްޓުވެސް ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މިލިސްޓުގައިވާގޮތުން 200 މިޑިއާަކުން ވަނީ ވޯޓްލުމަށް ރަޖިސްޓްރީކޮށްފައެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިިރޭ ދަންވަރު 12:00އެވެ. ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ ވޯޓުލާ ވަގުތުގެ 02 ގަޑިއިރު ކުރިން، ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމުގެ ސަބަބުން ނުވަތަ ކޯވިޑް 19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީން ކޮށްފިނަމަ، އެ ފަރާތުގެ ބަދަލުގައި އެހެން މީހެއްގެ ނަން ހުށަހެޅިދާނެކަމަށެވެ.

އެގޮތުން އެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ކުރިން ރަޖިސްޓަރީކުރި މީހާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ ލިއުމާއި، ބަދަލުގައި ރަޖިސްޓަރީކުރާ ފަރާތުގެ ނަމާއި، އެޑްރެސް، ގުޅޭނެ ނަމްބަރު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެއްކަރުދާސްކޮށް، މަސްއޫލުވެރިޔާ ސޮއިކޮށްފައިވާ ސިޓީއެއް، މިނިސްޓްރީގެ އީމެއިލް mv.gov.homeaffairs@media އަށް ހުށަހެޅުމުން އެކަން ހަމަޖެހޭނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މީޑިއާ ކައުންސިލްގެ އަންނަ ދައުރަށް 29 ކެނޑިޑޭޓަކު ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނޭނީ މީޑިއާތަކުގެ 7 ގޮނޑިއަށް ވާދަކުރާ 15 ކެނޑިޑޭޓުންނާއި އާއްމުންގެ ތެރެއިން ކައުންސިލަށް ހޮވާ 6 ގޮނޑިއަކަށް ވާދަކުރާ 14 ކެނޑިޑޭޓޫންނެވެ.

މީޑިއާތަކުން ވާދަކުރާ ކެނޑިޑޭޓުން

1- އަލީ ހުސައިން، ލައިފް ބޯއި / ގދ. ތިނަދޫ - ޕީއެސްއެމް
2- މުއިއްޒު އިބްރާހީމް، ދޫޑިގަން، އުނަކެޑެގެ / ޏ.ފުވައްމުލައް - މިހަރު އޮންލައިން
3- އާދަމް ނަވާޒު، ތުނޑި ޗާނދަނީވިލާ، / ލ. ގަން - ވަގުތު އޮންލައިން
4- ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިމެމްމާގެ - މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަން
5- އާދަމް ނަޒީރު، ކިނާރާ / ރ. އަލިފުށި - ހަތާވީސް އޮންލައިން
6- އައިޝަތު ހަމްޒާ، ބުސްތާނުގެ / ރ. ކަނދޮޅުދޫ - އައުޓްރީޗް އެމްވީ
7- ޝަހުބާން ފަހުމީ، ފިނިވާގެ / ކ. މާލެ - ސަންގު
8- މުހައްމަދު ސިމާއު / ވ. ސިނަމާލެ 4 (3-60)/ވިލިމާލެ - ވަން އޮންލައިން
9- ސައިފް އަޒްހަރު، ގަނދަކޯޅިމާގެ / ސ. މަރަދޫ - ވީޓީވީ
10- ފަތުމަތު ސައީދު، ފެހިވިނަ / ރ. މަޑުއްވަރީ - ސަން މީޑިއާ ގްރޫޕް
11- ފާތިމަތު ސާޔާ އަހްމަދު، / މ. ހަސްމަތީ - ޗެނަލް ނިއުސް މޯލްޑިވްސް
12- މަރިޔަމް ނިމާ ހަސަން / ދެބުދާރުގެ - ދަ ޕްރެސް
13- ތަހާރަތު މުހައްމަދު ވަހީދު، ދީނާރު / ގދ. މަޑަވެލި - ހަމަނިއުސް
14- ހުސައިން ސަގީފް، ހިސާން / ހދ. ވައިކަރުދޫ - ތިލަދުން
15- މަރިޔަމް ޝަނީޒާ، ސިލްވަރ ބީޗް / ނ. މަނަދޫ - ބޯޅަ އެމްވީ

އާއްމުންގެ ތެރެއިން ވާދަކުރާ ކެނޑިޑޭޓުން

1- މުޙައްމަދު ޝާފިއު، ޝަރުތު / ބ. ތުޅާދޫ
2- އަންވަރު އިބްރާހިމް، މަންޒިލް / ބ. ތުޅާދޫ
3- އިބްރާހިމް ފައުޒީ، ބާޑްވިލާ / ބ. ތުޅާދޫ
4- އަހްމަދު ރިފާއު، ޝަރުތު / ބ. ތުޅާދޫ
5- ޝަފާއަތު ހަބީބް، ފޭދޫ / ގދ. ހޯޑެއްދޫ
6- މުހައްމަދު ޝަފާއު ހަސަން / މ. ރިވެލިގެ/ މާލެ
7- އަހްމަދު ވަހީދު އަލީ، ވެހި / ހއ. ކެލާ
8- އަހްމަދު މުހައްމަދު / ދަފްތަރު ނަންބަރު 6150
9- އުމަރު މޫސާ ފިކުރީ / ގ. ނިލަންދޫ
10- ސައުދޫން އަބޫބަކުރު / ގ. ދިލްފިޒާގެ
11- އަބްދުލް ވަލިއްޔު އަލީ، ބިންގާ / އދ.މާމިގިލި
12- ފާތިމަތު އަހްމަދު، ޝަހީމީ މަންޒިލް / ގއ. ވިލިނގިލި
13- އަހްމަދު މޫސާ، / ހ. އަމްސާވިލާ
14- އަލީ ރަޝީދު އިބްރާހިމް، ކުންނާރުގަސްދޮށުގެ / ދ. ކުޑަހުވަދޫ

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އިންތިޚާބެއްގައި ވޯޓުދީގެންނެވެ. އެގޮތުން ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ.