ކުޅިވަރު

ބޮޑީބިލްޑިންގް ފެޑެރޭޝަންގެ އަހަރީ އާއްމު ޖަލްސާ ހުކުރު ދުވަހު


ބޮޑީބިލްޑިންގް ފެޑެރޭޝަން އޮފް މޯލްޑިވްސް 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ބޮޑީބިލްޑިންގް ފެޑެރޭޝަން އޮފް މޯލްޑިވްސް 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މީގެކުރިން ބައްވަން ސައްކަތްކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެޖަލްސާއަށް ކޯރަމް ހަމަނުވުމާއި ގުޅިގެން ޖަލްސާ ބޭއްވޭގޮތްވަނީ ނުވެފައެވެ. މިދިޔަ އަހަރު ބޮޑީބިލްޑިންގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދާފައިވެއެވެ. ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި 55 ކިލޯގެ ސީނިއަރ މެންސް ބޮޑީބިލްޑިން ކެޓަގަރީން މުހައްމަދު މޫސާ އާއި ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން މި 2 އެތުލީޓުން ލޯ މެޑަލް ހޯދާފައިވެއެވެ.

54 ވަނަ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް މިއަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު، އެމުބާރާތް ފަސްކޮށްފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19ގެ ހާލާތާއި ގުޅިގެންނެވެ. މިމުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މާފުށީގައެވެ.