ކުޅިވަރު

އެތުލީޓްސް ކޮމިޝަނަށް ހަސަން ސާއިދު އާއި އައިމިނަތު ސަޖަން


އެތުލީޓްސް ކޮމިޝަނަށް ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ އާމިނަތު ސަޖަން ހޮވައިފިއެވެ.

އެތުލީޓްސް ކޮމިޝަންއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދުގައި އެތުލީޓުންނަށް ބާރު ލިބޭގޮތަށް އުފެއްދި ކޮމިޝަނެކެވެ. މިކޮމިޝަންގެ ފަރާތުން ދެން އެންމެ އަވަހަށް އޮންނަ އޮލިމްޕިކް ކޮމެޓީގެ އެނުއަލް ޖެނެރަލް އެސެމްބްލީގައި ބައިވެރިވާނެއެވެ. މި ދެ އެތުލީޓުން ވެގެންދާނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެތުލީޓްސް ކޮމިޝަނުގެ ގޮތުގައި އެމްއޯސީގެ ޖަލްސާއެއްގައި ބައިވެރިވާ ފުރަތަމަ ދެ އެތުލީޓުންނަށެވެ.

ސާއިދުއަކީ މިސަހައްދުގެ އެންމެ ބާރު ދުވުންތެރިޔާގެ އިތުރުން އެންމެ ފުރަތަމަ ރާއްޖެއަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލްއެއް ހޯދައިދިން ފުރަތަމަ އެތްލީޓެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2015 ވަނަ އަހަރުގެ މުބާރާތުގައި 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލްއެއް ހޯދާފައިވާއިރު، މިގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލްވެސް ހޯދާފައިވެއެވެ. އަދި މިދިޔަ އަހަރުގައި ނޭޕާލްގައި ބޭއްވި ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުން ސާއިދުވަނީ ރަން މެޑަލް ހޯދާފައެވެ. އަދި އިންޑިއަން ގްރޯން ޕްރީ މެލޭޝިއަން އޯޕަން އިންވެސް ސާއިދުވަނީ ރަން މެޑަލް ހޯދާފައެވެ.

ސަޖަން އަކީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީ ސަރަހައްދުގެ ގޭމްސްއެއްގައި ފެތުމުން ރާއްޖެއަށް ގެނައި ފުރަތަމަ މެޑަލް ހޯދައިދިން ފެތުންތެރިޔާއެވެ. ރާއްޖޭގެ އެންމ ކާމިޔާބު ފެތުންތެރިޔާވަނީ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލާފައެވެ.