ކްރިކެޓްގައި އެންމެ މަޝްހޫރު އެއް ލީގްކަމުގައިވާ އިންޑިއަން ޕްރިމިއަރ ލީގްގެ މެޗްއެއް ރާއްޖޭގައި ކުޅެވިދާނެކަމަށް އިންޑިއާގެ ފޮރިން ސެކެޓްރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ޕޮރިން ސެކެޓްރީ މިހެން ވިދާޅުވެފައިވަނީ އިންޑިޔާގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ 67 ކުޑަކުދިންގެ ޕާކް ހަވާލް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އިންޑިޔާގެ އެހީގައި ރާއްޖޭގައި ބައިނަލަގްވާމީ ކްރިކެޓް ސްޓޭޑިއަމް އެޅުމަށްވަނީ ހަމަޖެހިފައެވެ. މިސްޓޭޑިއަމްއާއެކު ކޯޗިން ސެންޓަރެއްވެސް އެޅުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ފޮރިން ސެކެޓްރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވިއެވެ.
އިންޑިޔާގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކްރިކެޓްއަށެވެ. ރާއްޖޭގެ ގައުމީ ޓީމްތަށް މީގެކުރިންވަނީ އިންޑިޔާގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އަދި ވަރަށް އަވަހަކަށް ރާއްޖޭގެ އެންހެން 30 ކުޅުންތެރިންނާއި ފިރިހެން 30 ކުޅުންތެރިން ތަމްރީން ދަތުރެއްގައި އިންޑިޔާގެ ޗެންނާއީއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި ކްރިކެޓްގެ އިތުރުން އެހެން ކުޅިވަރުތަކަށްވެސް އިންޑިޔާގެ އެހީތެރިކަން ލިބިގެންދާނެކަމަށްވެސް އިންޑިއާގެ ފޮރިން ސެކެޓްރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވިއެވެ.
ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އިންޑިޔާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިދިޔަ އަހަރުގައިވަނީ އިންޑިޔާ މޯލްޑިވްސް ފްރެންޝިޕް ކްރިކެޓް ސީރީޒްގެ ފުރަތަމަ މެޗް ކުޅެފައެވެ. މިމެޗްގައި އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކުޅުންތެރިޔާ ޔުވްރާޖް ސިންގްވަނީ ކުޅެފައެވެ.