ކުޅިވަރު

އޭއެފްސީ ޕްރޯ ލައިސަންސް ކޯހަށް ސުޒެއިން އާއި އިންމަ


އޭއެފްސީ ޕްރޯ ލައިސަންސް ކޯހަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު ޢަލީ ސުޒޭން އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް ހޮވިއްޖެއެވެ.

އޭއެފްސީ ޕްރޯ ލައިސަންސްއަކީ ދުނިޔޭގައި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ކޯޗިން ލައިސަންސެވެ. ރާއްޖޭގެ ދެ ކޯޗެއްވަނީ މިހާތަނަށް އޭއްފްސީ ޕްރޯ ލައިސަންސް ހޯދާފައެވެ. އެއީ ކުލަބް ޓީސީ ސްޕޯޓްސް ކުލަބް ކޯޗް މުހައްމަދު ޝާޒްލީ އާއި ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒްއެވެ. މިލައިސަންސް އެންމެ ފުރަތަމަ ހޯދާފައިވަނީ ޝާޒްލީ އާއި މޯހަން މިލައިސަންސް ހޯދާފައިވަނީ ވަރަށް ފަހުންކަން ފާހަގަކޮށްލެވެއެވެ.

ޢަލީ ސުޒޭން އާއި އިސްމާޢީލް މަހުފޫޒް އޭއެފްސީ ޕްރޯ ލައިސަންސް ހެދުމަށް ހޮވިފައިވާކަން އިޢުލާން ކުރުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީމް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައިވަނީ އޭއެފްސީގެ ޕްރޯ ލައިސަންސް ކޯޗުން ރާއްޖޭގައި އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއީ ކުރިއަށް އެޅުނު ފިޔަވަޅެއްކަމަށެވެ. އަދި ކޯޗް އަލީ ސުޒޭން އާއި އިސްމާޢީލް މަހުފޫޒްއަށް ބައްސާލް އަދީލް ޖަލީލްވަނީ މަރުހަބާ ކިޔާފައެވެ. އޭއެފްސީ ޕްރޯ ލައިސަންސަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ. ޕްރޯ ލައިސަންސް ކޯސް ކުރިއަށްދަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ.