އައްޑޫ ސިޓީގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަންގެ ހޮފީސް ފަޅާލައި ލިޔެކިއުންތަކަކާއި މުހިއްމު ބައެއް ސާމާނުތައް ވަގަން ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެޗްއާރުސީއެމްގެ އޮފީހުން ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި މިމައްސަލާގައި މިހާތަނަށް ބެލި ބެލުމުން ބައެއް ލިޔުންތަކާއި 2 ލެޕްޓޮޕްގެ އިތުރުން ޑީވީއާރެއް ވަގަށް ނަގާފައިވާކަން އެނގިފައިވާކަމަށެވެ.
މިމައްސަލަ ތަހަޤީގުކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވިއެވެ.