ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ބަޔާން މިއުނިކްއިން އަށް ތިން ޕޮއިންޓް ލިބުމަކީ ޓީމްއަށް ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށް ބަޔާން މިއުނިކްގެ ކޯޗް ހެންސީ ފްލިކް ބުނެފިއެވެ.
ކޯޗް ބުނީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވުމުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިއްވަރެއް ލިބޭނެކަމަށާއި ކޯޗުގެ ޕްލޭންއާއި އެއްގޮތަށް ހުރިހާ ކުޅުންތެރިންވެސް ކުޅުނުކަމަށް ބަޔާންގެ ކޯޗް ބުންޏެވެ.
މިސީޒަންގެ ބަޔާންއަށް މުހިންމުކަމަށާއި، މުބާރާތުގެ ތަށި ދިފާޢު ކުރަން ބޭނުންވާކަމަށައ ފްލިކް ބުންޏެވެ. އަދި މުބާރާތް ކާމިޔާބުކޮށް ތަށި ދިފާޢުކުރަން ޓީމްގެ ކުޅުންތެރިން ތިބީ ވަރަށް ރަގަނޅަށް ތައްޔާރަށްކަމަށްވެސް ބަޔާން މިއުނިކްގެ ކޯޗް ހެންސީ ފްލިކް ބުންޏެވެ. އަދި ބޭނުންވަނީ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް އެއްވެސް މެޗަކުން ބަލިނުވެ ބުންޑަސް ލީގާއި ޗެންޕިއަންސް ލީގް ކާމިޔާބުކުރުންކަމަށެވެ.