ކޯވިޑް-19

ކޯވިޑް-19 ޖެހުނު ބިދޭސީއަކަށް ފަރުވާދިނުމަށްޓަކައި ބ.އަތޮޅު ކޯވިޑް ފެސިލިޓީއަށް ގެންގޮސްފި


ކޯވިޑް-19 ޖެހުނު ބިދޭސީއަކަށް ފަރުވާދިނުމަށްޓަކައި ބ.އަތޮޅު ކޯވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.

އެމީހާ އިތުރު ފަރުވާއަށް ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަލީގެ ބައެއް އަލާމާތްތައް ފެންނަމުންދާތީ މިއަދު މެންދުރު 11:00 ހާއިރުއެވެ. އުމުރުން 38 އަހަރުގެ މި މީހާއަކީ ސްރީލަންކާގެ ރައްޔިތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބިދޭސީ މީހާއަކީ ރ އަތޮޅުގައި ތަރައްޤީ ކުރަމުންގެންދާ ކުޑަކުރަތު ރިސޯޓުގައި މަސައްކަތް ކުރާ މީހެކެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ އެމީހާއަށް އެއަތޮޅުގައި ހަދާފައިވާ ކޯވިޑް ފެސިލީޓީގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އެ ފެސިލިޓީގައި މިހާރު ފަރުވާ ދެމުން އަންނަނީ އެމީހާއަށް އެކަންޏެވެ.

ނ.ރ.ބ.ޅ މި ހަތަރު އަތޮޅުން ކޯވިޑް-19އަށް ޕޮސިޓިވްވެ ފަރުވާން ދޭންޖެހޭ މީހުންނަށް ފަރުވާދިނުމަށް ގެންދަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ހަދާފައިވާ ކޯވިޑް-19އަށް ފަރުވާ ދޭ މަރުކަޒަށެވެ.