ވިޔަފާރި

ރާއްޖޭގައި އެންމެ މަތީ ފަންތީގެ ޙިދުމަތްދޭ ރިސޯޓަކަށް ސޮނޭވާ ފުށި


ރާއްޖޭގައި އެންމެ
މަތީ ފަންތީގެ ޙިދުމަތްދޭ ނުވަތަ ލަގްޒަރީ ރިސޯޓްގެ އެވޯޑް ސޮނޭވާ ފުއްޓަށް
ލިބިއްޖެއެވެ.

ކޮކޯ ޕާމް ބޮޑު ހިތީގައި ރޭ ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް
ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް މަޓާޓޯގެ މޯލްޑިވްސް ޓްރެވަލް
އެވޯޑްސްގައި 18 ދާއިރާއަކުން 21 އެވޯޑް ދީފައިވެއެވެ.



އެވޯޑް ދެވިގެން
ދިޔަ ދާއިރާތަކުގެ ތެރޭގައި ޑައިވް ސެންޓަރ، ހޮޓެލް، ސަފާރީ ނުވަތަ ލިވް އަބޯޑްސް
އަދި އެންމެ މަޤްބޫލް އެއަރ ލައިން ހިމެނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ
ރޮމޭންޓިކް ރިސޯޓަކަށް ހޮވުނީ ޕަރ އަކުއާ ހުވަފެން ފުއްޓެވެ. އެންމެ މަޤްބޫލު އާއިލީ
ރިސޯޓްގެ އެވޯޑް ލިބުނީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓަށެވެ. އަދި  އެންމެ މަޤްބޫލް ސަފާރީ
އަކަށް ދޭ ލީޑިން ލިވަބޯޑް އެވޯޑް ލިބުނީ ގުރަހަލިއަށެވެ.

މީގެ އިތުރުން ރޭގެ
ހަފްލާގައި މަޓާޓޯއިން ވަނީ އަންނަ އަހަރުގެ ގްރޭންޑް ފިނާލޭ ބާއްވާނީ
ލަންޑަންގައި ކަންވެސް އިއުލާންކޮށްފައިވެއެވެ.



މި އަހަރުގެ
މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ޙާއްސަ އެޑިޝަންއެއް ވަނީ ދުބާއީގައި ބާއްވާފައެވެ. ދުބާއީގައި ބޭއްވި އެވޯޑް ހަފްލާގައި ވަނީ 10 ކެޓަގަރީއަކުން އެވޯޑް ދީފައިވެއެވެ.



މިރަސްމިއްޔާތުގައި
ވާހަކަ ދައްކަވަމުން، މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވީ، އަންނަ އަހަރަކީ
މަޓާޓޯ ޓްރެވަލް އެވޯޑަށް 5 އަހަރު ފުރޭ މުނާސަބާ ކަމަށްވުމާއި އެކު އެވޯޑްތައް
ރީ ބްރޭޑްކޮށް އަދި ވިޒިޓް މޯލްޑިވްސް އިޔަރ ދެހާސް ސޯޅަ އާއި ވެސް ގުޅުވައިގެން
ވަރަށް ފުރިހަމަ އެވޯޑް ހަފްލާއެއް އަންނަ އަހަރު ބޭއްވުމަށް ރާވަމުންދާ ކަމަށެވެ.

ރާޢްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި
މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ފަތުރުވެރިކަމުގެ
ދާއިރާގައި އިތުރަށް ކުރިޔަށް ދިޔުމަށް ހިތްވަރުދިނުމަށް ދެވޭ މި އެވޯޑް
އިންތިޒާމް ކޮށްފައިވަނީ ހައިރައިޒް އިންނެވެ.