ކުޅިވަރު

އައު ސިސްޓަމަށް ކުޅެން ކުރިއެރުން ތަކެއް ހޯދައިފި: ލޯ


ޖަރުމަނު ގައުމީ ޓީމުން އޭނާ ބޭނުންވާ އައު ސިސްޓަމަށް ކުޅެން ކުރިއެރުންތަކެއް ހޯދައިފައިވާކަމަށް ޖަރުމަނު ކޯޗު ޔަކީމް ލޯ ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ސްވިޒަލޭންޑްއާ ދެކޮޅަށް ކުޅެ 3-3 އިން އެއްވަރުވި މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލޯ ބުނީ އޭނާގެ ޓީމު ލައްވާ ކުޅުވަން ބޭނުންވާ އާ ސިސްޓަމަށް ކުޅުންތެރިން ހޭނެމުން އަންނަ ކަމަށާއި އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް މިހާތަނަށް ހޯދާފައިވާކަމަށެވެ. އޭނާ ބުނީ ޖަރުމަނުގައި މިހާރު މިއޮތް ޓީމުގައި ކޮންމެ ސިސްޓަމަކަށްވެސް ކުޅެވޭ ފެންވަރު އެބަހުރިކަމަށެވެ. މިގޮތަށް ކުޅެފި ނަމަ ކުރިޔަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ޖަރުމަނުން ކުޅޭނެ ކަމަށް އެޓީމުގެ ކޯޗު ބުންޏެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް 100 މެޗު ހަމަކުރި ޓޯނީ ކުރޫސް ބުނީ ނިމިގެން ދިޔައީ ހާއްސަ މެޗެއް ކަމަށާއި 100 މެޗު ގައުމީ ޓީމާއެކު ހަމަކުރެވުމަކީ ހާއްސަ އުފަލެއް ލިބޭ ކަމެއް ކަމަށެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ރަނގަޅު ނަތީޖާތަކާއި ގިނަ ތަށި ހޯދަން ކަމަށް ޓޯނީ ކުރޫޒް ބުންޏެވެ. މި ނަތީޖާއެކު ޖަރުމަނު ގުރޫޕްގެ ދެވަނައިގަ އޮތީ 6 ޕޮއިންޓް ހޯދައިގެންނެވެ.