ޚަބަރު

ސާމްޕަލް ނެގި މުވައްޒަފުގެ ކިބައިން މެމްބަރު އިކްރާމް މައާފަށް އެދިއްޖެ


ކޯވިޑް-19ގެ ސާމްޕަލް ނެގުމުގެ ތެރޭގައި އާރްއާރްޓީގެ ބޭފުޅަކާމެދު ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން މައާފަށް އެދިއްޖެއެވެ.

ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނެގި ރެޕިޑް ރެސްޕޮންސް ތީމްގެ މީހަކަށް ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުންހާމަކޮށްފައެވެ.

މިމަހުގެ 9 ވަނަ ދުވަހުގެރޭ މާފަންނު މަދަރުސާގައި ހިނގާދިޔަ މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ކުރެއްވި ޓުވީޓެއްގައިވަނީ ސާމްޕަލް ނަގަންހުރި އަންހެން ބޭފުޅާއާއި އޭނާގެ މަންމައާ މިއަދު ބައްދަލުކުރައްވައި އެތަނުގައި ބުނެވުނު ނުވަތަ ކުރެވުނު ކަމަކާއި ގުޅިގެން މައާފަށް އެދިފައިވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އާރްއާރްޓީގެ އެ މެންބަރުގެ އިތުރުން މިކަމާއި ގުޅިގެން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ރެޕިޑް ރެސްޕޯންސް ޓީމްގެ ހުރިހާ މުވައްޒަފުންގެ ކޮބައިންވެސް މައާފަށް އެދޭކަމުގައި މެންބަރު އިކްރާމްވަނީ ވިދާޅުވެފައެވެ.

މިކަން ހިނގާދިޔަގޮތްކަމަށް ވިދާޅުވެ ކުރިން މެންބަރު އިކްރާމް ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާއަށް އަނިޔާއެއްކޮށް މާރާ މާރީ ހިންގާފައި ނުވާނެކަމަށެވެ. އަދިއެކަމާއި ގުޅިގެން މީޑިޔާތަކުގައި ދައްކާ ވާހަތައް މެންބަރު އިކްރާމް ވަނީ ދޮގުކޮށްފައެވެ. އަދި އެތަނުގައި ކެމެރާހުރިނަމަ ކެމެރާބައްލަވައި ލައްވައިފިނަމަ އެކަން ހިނގާދިޔަގޮތް އެގޭނެކަމަށް މެންބަރު އިކްރާމް ވިދާޅުވިއެވެ.

ރެޕިޑް ރެސްޕޮސްސް ޓީމަށް ދިން މިޙަމަލާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއަން، އެމްއެޗްޕީޔޫއިންވެސްވަނީ ކުށްވެރިކޮށްފައެވެ. އެމްއެޗްޕީޔޫއިން ކުރި ޓުވިޓެއްގައި މިއަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަން ފާހަގަކޮށް މިމައްސަލަ ބަލައި ހައްޤު އަދަބުދިނުމަށްވަނީ ގޮވާލާފައެވެ.

އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް އެމްއެޗްޕީޔޫއިން ބުނެފައިވެއެވެ.