ކުޅިވަރު

ހުރީހާ އެއްޗަކީ މެޗަށްވި ތައްޔާރީތައް: ލޯ



ނޭޝަންސް ލީގުގައި ޔޫކްރެއިނުގެ މައްޗަށް ކުރި ހޯދުނީ ރަނގަޅު ތައްޔާރުވުމުން ކަމަށް ޖަރުމަނު ކޯޗު ޔަކީމް ލޯ ބުނެފިއެވެ.

ނޭޝަންސް ލީގުގައި 2-1 ލަނޑު ޖަރުމަނު މޮޅުވި މެޗަށްފަހު ވާހަދައްކަމުން ލޯ ބުނީ މެޗުގެ ކުރިން ޔުކްރެއިން ކުޅޭނެ ހުރިހާ ގޮތަކަށް ޖަރުމަނުން ތައްޔާރުވިކަމަށެވެ. ޓީމުގެ މުހިންމު ކުޅުންތެރިން ނެތްކަމަކު ޔުކްރެއިންގެ ޓީމުންވެސް ވަރަށް ރަނގަޅު ކުޅެމެއް ދެއްކިކަމަށާއި އެޓީމުގެ ކޯޗު އަންދްރޭ ޗެވްޗެންކޯ އަކީ މިހާރު ކުރިއަރަމުން އަންނަ ތަފާތު މޮޅު ކޯޗެއްކަމަށް ޖަރުމަނުގެ ކޯޗު ބުންޏެވެ.

ޔޫކްރެއިން ޓީމު ޓެކްނިކަލީ ވަރަށް މޮޅުކަމަށާއި ޓީމުގެ ކުރިޔަށްކުޅޭ ކުޅުންތެރިންގެ ފަރާތުން މޮޅުކުޅުމެއް ފެނުނުކަމަށް ޖަރުމަނު ކޯޗު ބުންޏެވެ. ޓީމު ހުއްޓުވަން ބޭނުންކުރި ރޭއްވުންތެރިކަން ކާމިޔާބުވުމަކީ މެޗުން މޮޅުވުމުގެ ސަބަބުކަމަށް ނޭޝަންސް ލީގުގައި ޖަރުމަނުން ހޯދި ފުރަތަމަ މޮޅާ ގުޅޭގޮތުން ލޯ ބުންޏެވެ. މި މޮޅާއެކު ފަސް ޕޮއިންޓް ހޯދައިގެން ޖަރުމަނު އޮތީ ތާވަލުގެ ދެވަނައިގައެވެ.