ޗެލްސީގެ ކުރީގެ ތަރި ޑިޑިއޭ ޑްރޮގްބާއަށް ޔޫއެފާއެގެ ރައީސް އެލެކްސެންޑަރ ޝެފަރިންގެ ހާއްސަ އެވޯޑެއް އަރުވައިފިއެވެ.
މިއީ އިންސާނީ ޚިދުމަތަށް ބަލައި ޔޫއެފާގެ ރައީސްގެ ފަރާތުން ދެއްވާ ޚާއްސަ އެވޯޑެކެވެ. އިންސާނީ ޚިދުމަތަށް ޑްރޮގްބާ ފައުންޑޭޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް ޔޫއެފާގެ ރައީސް ފާހަގަކުރައްވާފައިވާއިރު މިހާރުވެސް ޑްރޮގްބާ އަންނަނީ އެކި ގައުމުތަކުގައި ސުކޫލްކުދިންނަށް ހީލޭސާބަހަށް އެހީތެރިކަން ފޯރުކޮއްދެމުންނެވެ. އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދުނަމަކީ ލިބޭ އެންމެ ބޮޑު އުފާކަމަށް ޑްރޮގްބާ ވަނީ ރޭގެ ހަފްލާގައި ބުނެފަ. ޑްރޮގްބާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާފައެވެ.
ޑްރޮގްބާގެ ފައުންޑޭޝަނުންވަނީ އޭނާގެ އުފަންގައުމަށް ވެސް އެތައް އެހީތެރިކަމެއް ފޯރުކޮއްދީފައެވެ. ޑްރޮގްބާއަކީ އ.ދ ގެ އެންމެބެސެޑަރެކެވެ.