މިރޭ ޔުރޮޕާ ލީގުގެ ޕްލޭ އޮފްގައި އިސްރާއީލުގެ މެކާބީ ހައިފާ ދެކޮޅަށް ނުކުންނައިރު ލީގު ކަޕުގައި ޗެލްސީ މައްޗަށް ހޯދުނު ކާމިޔާބުގެ ސަބަބުން އިތުރަށް ހިތްވަރެއް ޓީމަށް ލިބިއްޖެކަމަށް ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނީ މެޗާ ކުރިމަތިލާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ މެޗުގައި ނުކުޅޭ ކުޅުންތެރިން އޭނާއަށް މި މެޗުގައި ފުރުސަތު ދެވުންކަމަށެވެ. އެނާ ބުނީ ޑިސެންބަރު މަހާ ހަމަޔަށް މިގޮތައް މެޗުތައް ކުޅެން ޖެހޭއިރު ކޮންމެ ފަހަރަކު ކާމިޔާބު ނުލިބިދާނެކަމަށެވެ. މިހާލަތުގައި ކުޅުންތެރިން ކުރަމުންދާ ހިތްވަރާމެދު ފަހުރުވެރިވާކަމަށް ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.
މިހުރިހާ ކާމިޔާބީގެ ވެސް ސިއްރަކީ ކުޅުންތެރިންގެ ހިތްވަރުކަމަށް ޓޮޓްނަމްގެ ކޯޗު ބުންޏެވެ. މިރޭ މެޗުން މޮޅުވާ ޓީމަކަށް ޔުރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބިގެންދާނެއެވެ.