ބ.އޭދަފުށީގައި ހޯމް ކަރަންޓީންގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިފަހަރު ޕޮޒިޓިވްވީ 27 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މީހާއަކީ ބ.އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނައި މީހެކެވެ. އެމީހާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަކުރުމަށްފަހު ހެދި ޓެސްޓުންނެވެ.
މިއީ އޭދަފުށިން ކޯވިޑް-19 ޖެހުނު 11 ވަނަ މީހާއެވެ. އެމީހާއާއި އެއްވެސް މީހަކާއި ސީދާ ދިމާވެފައިވާކަން އެނގިފައި ނުވާކަމަށްވެސް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. މިހާރުވެސް އޭދަފުށީގައި ހޯމް ކަރަންޓީންގައި 18 މީހުން އެބަތިއްބެވެ.