ކުޅިވަރު

މިތިބީ ސުއަރޭޒްއާ އެކު ކާމިޔާބު ހޯދަން ކެތްމަދުވެފައި: ސިމިއޯނީ


އެތުލެޓިކޯ މެޑްރިޑާ އަލަށް ގުޅުނު ލުއިޒް ސުއަރޭޒްއާއެކު ކާމިޔާބު ހޯދަން އެޓީމު އޮތީ ކެތްމަދުވެފައި ކަމަށް ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

ސިމިއޯނީ ބުނީ ސުއަރޭޒްއާއެކު ކުލަބުން އިތުރު ކުރިއެރުންތަކެއް ހޯދާނެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތްކަމަށެވެ. ސްޕެނިޝް ލީގުގައި މިރޭ ގްރަނާޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ސިމިއޯނީ ބުނީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިޔާގެ ސަބަބުން ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަ ވެގެންދާނެކަމަށެވެ. އަދި ސުއަރޭޒް ބާސެލޯނާގައި ދެއްކި ކަހަލަ މޮޅު ކުޅުމެއް އެތުލެޓިކޯގައި ވެސް ދައްކާނެކަމަށް އުންމީދުކުރާކަމަށެވެ.

ސިމިއޯނީ ބުނީ އެތުލެޓިކޯއާކީ އޭނާ މިވަގުތު ގުޅެން އެންމެ ރަނގަޅު ކުލަބު ކަމަށާއި އޭނާ ވާނީ އެތުލިޓިކޯއަށް މުހިންމު ކުޅުންތެރިޔަކަށް ކަމަށެވެ. ސުއަރޭޒް މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށްވެސް ސިމިއޯނީ ވަނީ ބުނެފައެވެ. މެޗުގެ ކުރިން އޮތް އެންމެ ފަހުގެ ތަމްރީންތަކުގައި ސުއަރޭޒް ވަރަށް ބަރާބަރުކަމަށާއި އެހެންކަމުން މިރޭގެ މެޗަށް އޭނާ ހުރީ ފުރިހަމަޔަށް ތައްޔާރަށް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ބުންޏެވެ.