ކުޅިވަރު

އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވެސް ހަރަކާތެއް އަންނަ މަހު ނުބާއްވަން ނިންމައިފި


އަންނަ މަހު ފީފާގެ ތާރީހުގައި އޮންނަ އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދަން އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުން ނިންމައިފިއެވެ.

މެދެތެރޭގައި އެމެރިކާގެ ގައުމުތަކުގައި ކޯވިޑް-19 ހިފެހެއްޓުމެއް ނެތި ބާރަށް ދަނީ ފެތުރެމުންނެވެ. އެހެންކަމުން އަންނަ މަހު އެމިރިކާ ގައުމީ ޓީމުން ތާވަލުކޮށްފައިވާ އެކުވެރިކަމުގެ މެޗުތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި ގައުމީ ޓީމުގެ ކޭމްޕް ނުބާއްވާ ގޮތަށް ވަނީ ނިންމާފައެވެ. މެދުތުރޭ އެމެރިކާގެ ގައުމުތަކުގައި މެކްސިކޯ ކޯސްޓަރީކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ހަމައެކަނި އެގައުމުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މިމަހު 30 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ގައުމުން ބޭރުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދީފިކަމު ކަމުގައި ވާނަމަ މިހާރު އެ ގައުމުތުގައި ސިއްހީ އިދާރާތަކުން ކަނޑައަޅައިފައިވާ 14 ދުވަހަށް ކޮންމެ ކުޅުންތެރިޔަކު ވެސް ކަރަންޓީން ވާން ޖެހެނޭއެވެ. ފަހަރުގައި މިތާރީހުގައި ކޯސްޓަރީކާއިން މެޗު ކެންސަލު ކުރަމަކީ ވެސް އެކަށީގެންވާކަމެކެވެ. އެއީ ޤައުމީ ޓީމު އެނބުރި ޤައުމަށް ދިއުމުން ޓީމުގެ ކުޅުންތެރިންނަށް ރައްކާތެރި މާހައުލެއް ޤައިމްކޮށް ނުދެވިދާނެތީއެވެ.

މިކަމާ ގުޅޭގޮތުން ކޮސްޓްރިކާގެ ސަރުކާރުން އަދި އެއްވެސް ޖަވާބެއް ނުދެއެވެ. މެކްސިކޯއިން ވަނީ އަންނަ މަހު 7 ގައި އެމްސްޓަޑަމްގައި ނެދެލަންޑްސްގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ނިންމާފައެވެ. މެދުތެރެ އެމެރިކާގައި އަންނަ މަހު ފަށަން ހަމަޖެހިފައި އޮތް ވަރލްޑް ކަޕް ކޮލިފައިން މެޗުތައް މިހާރުވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.