ކުޅިވަރު

ޕިރްލޯގެ ކޯޗު ކަމުގެ ދަށުން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި


އަންދްރޭ ޕިރްލޯގެ ކޯޗު ކަމުގެ ދަށުން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށްފިއެވެ.

އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗު ޔުވެންޓަސް ކާމިޔާބުކުރީ ސަމްޕްޑޯރިއާގެ މައްޗަށް 0-3 އިން ކުރި ހޯދައިގެންނެވެ
.
މި މެޗުގެ ފުރަތަމަ ލަނޑު ޔުވެންޓަސް އަށް ޖަހައިދިނީ ޑެޖަން ކުލުސެވްސްކީއެވެ. މިއީ ކުލުސެވްސްކީ ޔުވަންޓަސް އަށް ކުޅުނު ފުރަތަމަ މެޗެވެ. ދެވަނަ ލަނޑު ޔުވަންޓަސް އަށް ޖަހައިދިނީ ޑިފެންޑަރު ލިއެނާޑޯ ބޮނޫޗީއެވެ. ޔުވެންޓަސް ގެ ތިންވަނަ ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ކުރިން އޭސީ މިލާނާއި ޔުވެންޓަސްގެ މެދުތެރެއަށް ކުޅުނު ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވީ މި މިދިޔަ އޯގަސްޓް މަހުއެވެ. ޗެމްޕިއަންސް ލީގުގެ ދަށް ނަތީޖާ އާއެކު އޭރުގެ ކޯޗު ސާރި ވަނީ ޔުވެންޓަސްގެ ކޯޗު ކަމުން ވަކިކޮށްފައެވެ. ޕިރްލޯ އަކީ ކޯޗިންއަށް މުޅިން އާ ކޯޗެކެވެ. ޕިރްލޯ އަށް ކޯޗިންގް ބެޖު ވެސް ލިބިފައިވަނީ މިދިޔަ ހަފްތާގައެވެ.

ކޮވިޑް-19 ގެ ސަބަބުން ސަޕޯޓަރުން ނުވައްދާ ގިނަ މެޗުތަކެއް ކުޅުމަށް ފަހު ރޭ ކުޅުނީ 1000 ސަޕޯޓަރުން ވައްދައިގެންނެވެ.