ތިމާވެށި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮޓޯގްރަފަރ އޮފް ދަ އިޔާ ހޮވަނީ


ރާއްޖޭގައި ފުރަތަމަ
ފަހަރަށް ފޮޓޯގްރަފަރ އޮފް ދަ އިޔަރ ހޮވުމަށް ބާއްވާ ޚާއްސަ މުބާރާތް ރޭ
ލޯންޗްކޮށްފިއެވެ.



 "ސަނީ ސައިޑް އިން
ފްރޭމްސް، އެމް.ޕީ.އޭ ފޮޓޯ ގްރަފާރޒް ޗެލެންޖް 2015"ގެ ނަމުގައި ބާއްވާ މި
މުބާރާތް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ރޭ އެކަމަށްޓަކައި ހޮޓެލްޖެންގައި ބޭއްވި
ޙާއްސަ ރަސްމިއްޔާތުގައި އިކޮނޯމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.



މި ރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން އިކޮނޯމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ފޮޓޯ
ގްރަފީގެ ދާއިރާއަކީ ޒުވާނުންގެ މެދުގައި ޙާއްސަ މަޤުބޫލުކަމެއް ހޯދާފައިވާ އަދި
މިހާރުވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ދާއިރާއެއްކަމުން، މި ދާއިރާއިން
ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މިފަދަ މުބާރާތެއް ވެގެންދާނީ ރަނުގެ ފުރުސަތެއްކަމުގައެވެ.
އަދި މި މުބާރާތް ބޮޑަށް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި
މަންޒަރުތަކާއި، ކަނޑުއަނޑީގެ
ހިތްޤައިމު މަންޒަރުތައް ބޭރު ދުނިޔޭގައި ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމަށް
ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް
އެމަނިކުފާނު ވިދާޅުވިއެވެ.



 މޯލްޑިވްސް ފޮޓޯ
ގްރަފާރޒް އެސޯސިއޭޝަނާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާރު ކޯޕަރޭޝަން
ގުޅިގެން ކުރިއަށްގެންދާ މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން
ފޮޓޯ ގްރަފާރޒް އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަޒުމީލް ވިދާޅުވީ، މި މުބާރާތް
ކުރިއަށްދާނީ ޖުމްލަ ފަސް ދާއިރާއަކަށް ބަހާލައިގެންކަމަށެވެ. އަދި މިއިން ކޮންމެ
ދާއިރާއަކުން އެއްވަނަ ދާ ފަރާތްތަކަށް، ވިސިޓް މޯލްޑިވްސް އިޔަރ ކެމްޕެއިންގެ
ދަށުން ރާއްޖޭން ބޭރުގެ ބޮޑެތި މުބާރާތްތަކާއި، ފެޔަރތަކުގައި ބައިވެރިވުމުގެ
ފުރުސަތު ލިބިގެންދާނެކަމަށް އަޒުމީލު ވިދާޅުވިއެވެ.



 ރޭގެ ރަސްމިއްޔާތުގައި
ވަނީ ފޮޓޯ ގްރަފާރޒް އެސޯސިއޭޝަންގެ ވެބްސައިޓްވެސް ރަސްމީކޮށް
އިފްތިތާޙްކޮށްފައެވެ. ހަމައެހެންމެ ފޮޓޯ ގްރަފީގެ ދާއިރާގައި މަސައްކަތްކުރާ
ފަރާތްތަކަށް ބޭރުގެ ތަޖުރިބާކާރުންގެ ފަރާތުން ތަފާތު އެކިކަހަލަ މައުލޫމާތު
ފޯރުކޮށްދިނުމަށް "ފޯ-ޓޯކް"ގެ ނަމުގައި ޚާއްސަ ހަރަކާތެއްވެސް ރޭ ވަނީ
ލޯންޗްކޮށްފައެވެ. މޯލްޑިވްސް ފޮޓޯ ގްރަފާރޒް އެސޯސިއޭޝަނަކީ 2008 ވަނަ އަހަރުން
ފެށިގެން ހަރަކާތްތެރިވަމުން އަންނަ އެސޯސިއޭޝަނެކެވެ.