ކުޅިވަރު

އެމްބާޕޭއަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ނުކުޅެވޭނެ

ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

އެމްބާޕޭއަށް ކުޅުމާއި ދުރަށްދާން ޖެހުނީ މިދިޔަ ހަފްތާ ކުޅުނު ފްރެންޗް ކަޕްގެ ފައިނަލުގައި އޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. މި މެޗުގެ 30 ވަނަ މިނެޓުގައި ސެއިންޓް އެޓިއެންގެ ލޮއިކް ޕެރީން އެމްބާޕޭއަށް ކުރި ނުރައްކާތެރި ފައުލާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެއެވެ.

އެ ކްލަބުން ބުނީ ކުއާޓާ ފައިނަލް މެޗު ކާމިޔާބުކޮށްފި ނަމަ އޮގަސްޓް 18 ވަނަ ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުން އެމްބާޕޭ ފެނިދާނެ ކަމަށެވެ. ކުއާޓާ ފައިނަލްގެ އިތުރުން އަންނަ ހުކުރު ދުވަހު ލިޔޯންއާ ދެކޮޅަށް ކުޅޭ ފްރެންޗް ލީގު ކަޕް ފައިނަލުގައި ވެސް އެމްބާޕޭ އަށް ނުކުޅެވޭނެއެވެ.

އެމްބާޕޭ ވަނީ މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީއަށް 30 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޗެމްޕިއަންސް ލީގު މިހާތަނަށް ކާމިޔާބުކުރެވިފައިނުވާ ޕީއެސްޖީގެ އެންމެ ބޮޑު އަމާޒަކީ މި ސީޒަނުގައި އެ މުބާރާތް ކާމިޔާބުކުރުމެވެ. މުހިއްމު ދަނޑިވަޅެއްގައި އަނިޔާވެ އިޓާލިއަން ލީގުގެ ތިން ވަނައިގައި އޮތް އެޓަލާންޓާއާ ދެކޮޅަށް އެމްބާޕޭ އަށް ނުކުޅެވުމަކީ ޕީއެސްޖީ އަށް ކުރިމަތިވާނެ މައްސަލައެކެވެ.