ސެއިލިންގ

ފުރަތަމަ ފަހަރު ގިނަ ތަޖުރިބާތަކެއް ލިބިއްޖެ - ސެއިލިންގ ޓީމް


ފުރަތަމަ ފަހަރަށް ވުމުން ވަރަށްގިނަ ތަޖުރިބާތަކެއް
ލިބިއްޖެކަމަށް ސެއިލިންގ ޓީމުން ބުނެފިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި
ވާދަކުރި ސެއިލިންގ ޓީމްގެ އަހުމަދު ޝާޒިލް ބުނީ ގޭމްސްއަށް ދިޔައީ ވަރަށް ބޮޑު
އުއްމީދުތަކަކާއެއްކޮށް ކަމަށެވެ. އަދި ގޭމްސްއަށް ދިޔައީވެސް ތަޖުރިބާތަކެއް
ހޯދަންކަމަށް އޭނާ ބުންޏެވެ." ފުރަތަމަ ފަހަރަށް މިކަހަލަ ތަނަކަށް އާދެވުނީމަ ވަރަށް
ރަނގަޅު ތަޖުރިބާޔަކާ އެއްކޮށް ލިބުނު ކާމިޔާބުވެސް އަޅުގަނޑުމެން ފާހަގަކުރަން.
އެއީ މީގައި ބައިވެރިވި މީސްމީހުންނަކީ އޮލިމްޕިކްސްގައިވެސް ބައިވެރިވެފަ ތިބި މީހުން. ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުންވެސް އެބައުޅޭ މީގަ. އެއާ ޚިލާފަށް ރާއްޖޭގައި
މިއުޅެނީ މުޅިން އަލަށް ލޭޒަރ ދުއްވާކުދިން. އެހެންވީމާ އެއީ ވަރަށް ބޮޑު
ކާމިޔާބީއެއްކަމަށް ބަލަނީ.ތަޖުރިބާގެ އަލީގައި ވީހާވެސް އަވަހަށް ކައިރި
ޞަރަހެއްދެއްގެ މުބާރާތަކަށްދާން މަސައްކަތްކުރާނެކަމަށްވެސް ޝާޒިލް ބުންޏެވެ. ފުރަތަމަ
ފަހަރާއި ބަލާއިރު ލިބުނު ކާމިޔާބުވެސް ރަނގަޅުކަމަށް ސެއިލިންގ ޓީމުން ޤަބޫލުކުރެއެވެ.ސެއިލިންގ ޓީމުން ވަނީ ރާއްޖޭގެ މީޑިއާގެ ސަމާލުކަން އެމީހުންނަށް ނުލިބުމުން އެކަމުގެ ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފައެވެ.