ޚަބަރު

ކޯވިޑް-19 : މޮނިޓަރިންގައި ހުރި ތަންތަނުގައި ދިރިއުޅޭ 80 ބިދޭސީއަަކަށް ޞިއްޚީ އެހީތެރިކަން ފޯރުކޮށްދީފި


މާލޭގައި ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުގެ ތެރެއި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މޮނޮޓަރިންއަށް ލާފައިވާ ތަންތަނުގުގައި ދިރުއުޅެމުންދިޔަ 80 ބިދޭސީއަކަށް ޞިއްޚީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިތަންތަނުގައި ދިރިއުޅެމުންދާ މީހުންގެ ހާލަތުބަލައި އެމީހުންނަށް އެހީތެރިކަން ދިނުމަށް މިއަދު ޚާއްސަ ޓީމުތަކެއް އެތަންތަނަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. އަދި މިގޮތަށްކުރި ޒިޔާރަތުގައި އެތަންތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން 80 މީހަކަށް ޞިއްޚީ އެހީތެރިކަން ފޯރުކޮށް ދެއްވާފައިވަކަމަށެވެ.

މާލޭފައި ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން މިހާތަނަށް 33 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިތަންތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އެ ތަންތަނުގައި ދިރިއުޅޭ އެންމެންގެ ސާމްޕަލްތައް ނަގައި ޕޮޒިޓިވްވި މީހުންވަނީ ކަރަންޓީން ފެސިލިޓީސްތަކަށް ބަދަލުކޮށްފައެވެ. އަދި ތޮއްޖެހިގެން ދިއުޅޭ ބައެއް މީހުންވަނީ ސަރުކަރުން ގާއިމްކޮށްފައިވާ ބޯހިޔާވަހިކަމުގެ ފެސިލިޓީސްތަކަށްވެސް ބަދަލުކޮށްފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އެގޮތުން މިހާތަނަށް 699 ބިދޭސީއަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.