ޚަބަރު

ކޯވިޑް-19 : އިތުރު 35 މީހަކު ޕޮޒިޓިވް ވެއްޖެ


ރާއްޖެއިން އިތުރު 35 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ 7 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 897އަށް އަރާފައެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިހާރުމިވަނީ 302 އަށް އިތުރުވެފައެވެ. އަދި ބިދޭސީންގެ ޢަދަދު މިހާރު 595އަށް ވަނީ އަރާފައެވެ. މީގެތެރެއިންވެސް އެންމެ ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި މިހާރުހުރި ކްލަސްޓާތަކަށް ނިސްބަތްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު އަލަށް ފެނުނު ކްލަސްޓާތައްވެސް ހިމެނޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. ރާއްޖެއިން ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދުވަނީ 492 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 65 ދުވަސް ވަނީ ވެފައެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 31 މީހެކެވެ. މީގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެމީހުންވެސް ހިމެނެއެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވެފައިވަނީ ދިވެހި 2 މީހަކާއި ބަންގްލަދޭޝް ރައްޔިތެކެވެ.